twitterviber whatsapp telegramfacebookyoutube instagram
19th September 2026

ތައިރޮޑްގެ ފޭކް ބޭސްތަކެއް ފެނި ސަމާލުކަމަށް ގެނެސްފި

ނަބީލާ އިސްމާޢީލް
Jul 5, 2022

ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް ފެނިފައިވާކަމަށް އިންޑިއާ އިން ރިޕޯޓްކޮށްފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުންގެ ސަމާލުކަމަށް މިއަދު އެކަން ގެނެސްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ، ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއް ކަމަށްވާ Thyronorm 100 mcg ގެ ކައުންޓަފީޑް ނުވަތަ ފޭކް ޕްރޮޑަކްޓެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގަފާއިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، މި ބެޗްތައް ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މި ބޭހާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 72000321 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ މާކެޓުން ބޭހުގެ ސުންކެއް ނަގައި ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

އަދި ޕޯޓްސް އޮފް އެންޓްރީގައި މި ބާވަތުގެ ބޭސް އެތެރެކުރެވިފައިވާތޯ ބަލަމުންގެންދާނެ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293