twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮރަލްސް ވާދެމުމާއި ފައިގަތަޅާ މުބާރާތުގެ ޗެމްޕިއަންކަން އީދު އުފާ، ޔުނީކް ފްރެންޑްސް އަދި ބަރާބަރަށް

މުޙައްމަދު އަހުމަދު
Jul 16, 2022

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެކި އެކި ހަރަކާތްތަކުގެ ތެރެއިން ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބޭއްވި "ކޮރަލްސް ފައިގަތަޅާ 1443" އަދި "ކޮރަލްސް ވާދެމުން 1443" ގެ އަންހެން ޗެމްޕިއަންކަން ޔުނީކް ފްރެންޑްސްއިން ހޯދިއިރު ފައިގަތަޅާ ފިިރިހެން ޗެމްޕިއަންކަން ބަރާބަރުން ހޯދައިފި އެވެ.

މީގެ އިތުރުން ވާދެމުމުގެ ފިިރިހެން ޗެމްޕިއަންކަން ލިބުނީ އީދު އުފާ ޓީމަށެވެ. ފައިގަތަޅާ އަދި ވާދެމުމުގެ އަންހެން ޗެމްޕިއަންކަން ޔުނީކް ފްރެންޑްސްއިން ގެންދިޔައިރު އެޓީމު ވާދެމުމުގެ ފައިނަލުގައި ބައްދަލުކޮށްފައިވަނީ ކެޑާ ދެކޮޅަށެވެ. ކެޑް ބަލިކޮށް ވާދެމުމުގެ ޗެމްޕިއަންކަން އެޓީމުން ހޯދި އެވެ.

ކުޅުދުއްފުށީގައި ބޭއްވޭ ފުރަތަމަ ފައިގަތަޅާ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޔުނީކް ފްރެންޑްސްއިން ހޯދީ ފައިނަލުގައި ހަމަ ކެޑް ބަލިކޮށެވެ. އަންހެން ބައިގެ ފައިގަތަޅާ ރާނީ އަކަށް ހޮވިފައިވަނީ ޔުނީކް ފްރެންޑްސްގެ ޒައީމާ ދާއޫދެވެ.

ވާދެމުމުގެ ފިރިހެން ޗެމްޕިއަންކަން އީދު އުފާ ޓީމުން ހިއްލާލީ ފައިނަލުގައި ވަރުގަދަ ހިތްވަރެއް ދައްކާ ގަދަފަދަ ގޮވެލި ބަލިކޮށެވެ. ގޮވެއްޔަކީ ވެސް މުބާރާތުން ފާހަގަކޮށްލުވުނު މޮޅު ޓީމެކެވެ. އެހެންނަމަވެސް ފައިނަލުގައި އީދު އުފާ ބަލިކޮށްލެވޭ ގޮތްވަނީ އެޓީމަށް ނުވެފަ އެވެ.

ފައިގަތަޅާ ފިރިހެން ފައިނަލުގައި ބަރާބަރާ ޔޫނިއަން ބައްދަލު ކުރި ފޯރިގަދަ މެޗު ކާމިޔާބުކޮށްފައިވަނީ ބަރާބަރުންނެވެ. ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރު ކުރިނަމަވެސް ޔޫނިއަން ޓީމުން ޗެމްޕިއަންކަން ހޯދަން ކުރި މަސައްކަތް ފެނަށް ދުއްވާލާ ބަރާބަރުން ވަނީ ތަށި ހިއްލާލާފަ އެވެ. ފައިގަތަޅާ ރަސްގެފާނަކަށް ހޮވިފައިވަނީ ބަރާބަރުގެ މުހައްމަދު ނިޒާރު އެވެ.

ބޮޑު އީދާ ގުޅިގެން ކުޅުދުއްފުށީގައި ގިނަ ބަޔަކު އެއްބައިވެގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާކަން ފާހަގަކުރެވެ އެވެ. ބޮޑު އީދު ކުޅިވަރުތައް ބަލާލަން ކޮންމެ ދުވަހަކުވެސް ކުދިބޮޑު ގިނަ ބަޔަކު ސަރަހައްދުތަކަށް އެއްވެ އުފާކުރާތަން ފެނިގެންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355