twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޓެކްސްގެ ސުންގަޑިތަކަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Jul 20, 2022

މިމަހުގެ ފަހު ދުވަހު ޓެކްސްގެ މުހިއްމު ސުންގަޑިތަކެއް ހަމަވާތީ އެކަމަށް ސަމާލުވުމަށް މީރާ އިން އިލްތިމާސްކޮށްފި އެވެ.

މީރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ފަހު ހަފްތާގައި ސަރުކާރު އަދި ބޭންކްތައް ބަންދު ގިނަ ދުވަސްތަކަކަށްފަހު ހުޅުވޭ ދުވަހަކީ މިމަހުގެ 31 ޖުލައި ކަމަށްވެފައި އެ ދުވަހަކީ ޓެކްސްގެ މުހިންމު ސުންގަޑިތަކެއް ހަމަވާ ދުވަސްތަކެއްކަމަށެވެ.

އެހެންކަމުން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންތައް ދުރާލައި އިންތިޒާމުކޮށް، ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ޖުލައި 31 އަށް ދައްކަންޖެހޭ ޓެކްސްތައް:

- އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
- ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
- ޖޫން 2022ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
- ޖޫން 2022ގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން

އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20،000 ރުފިޔާއަށް ވުރެ އިތުރުވާ ފަރާތްތަކުންނެވެ.

އަދި 2022 ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރު ކަމުގައިވާނަމަ އަންދާޒާކުރާ ޓެކުހުގެ އަދަދު 20،000 ރުފިޔާއަށް ވުރެ އިތުރުވާނަމަ ސުންގަޑިއަށް ޓެކްސް ދައްކަންޖެހެ އެވެ.

މީރާ އިން ބުނީ ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމު މިހާރުވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކަކުންވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް ވެސް މީރާ އިން އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355