އިންޑޮނޭޝިޔާއިން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ. މިއަދުން ފެށިގެން އިންޑޮނޭޝިއާގެ އޮން އެރައިވަލް ވިސާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެއެވެ.
އިންޑޮނޭޝިޔާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާ އެ ޤައުމުގެ އިމިގްރޭޝަނުންނެވެ.
Thank my dear friend, the Minister of Foreign Affairs of Indonesia @Menlu_RI for including Maldives once again in the list of countries for Visa on Arrival, effective 27 July 2022, 00:00hrs
— Abdulla Shahid (@abdulla_shahid) July 27, 2022
އެކަން އިއުލާނުކުރައްވައި އިންޑޮނޭޝިއާއިން އޮން އެރައިވަލް ވިސާ ދޭ ގައުމުތަކުގެ ލިސްޓުގައި މިފަހަރުވެސް ރާއްޖެ ހިމަނާފައިވާތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު، ރެޓްނޯ މަރުސުދީއަށް ޝުކުރުދަންނަވާފައެވެ.
އިންޑޮނޭޝިއާ އަކީ ރާއްޖޭގެ މީހުން އެކި ބޭނުންތަކުގައި އަބަދުވެސް ދަތުރުކޮށް އުޅޭ ގައުމަކަށްވާއިރު، ވިޔަފާރީގެ އެކި ކަންކަމުގައި ގިނަ ދިވެހިން އެ ގައުމަށް ދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އިންޑޮނީޝިއާގެ އިމިގްރޭޝަނުން މިއަދު އާންމުކުރި، އެ ގައުމުން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި 75 ޤައުމެއް ހިމެނޭއިރު އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
އިންޑޮނޭޝިޔާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ނިންމާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެކަމަށް އެދިވަޑައިގެންފައިވަނިކޮށެވެ.