twitterviber whatsapp telegramfacebookyoutube instagram
30th September 2022

ކުޅުދުއްފުށީގައި އަލަށް ތަރައްގީކުރަމުން އަންނަ ބީޗް ސަރަޙައްދަށް ބަޔަކު ގެއްލުންދީފި

ނަބީލާ އިސްމާޢީލް
Jul 29, 2022
4

ކުޅުދުއްފުށި ސިޓީގެ ހުޅަނގު ފަރާތުގައި އަލަށް ތަރައްގީކުރަމުން އަންނަ ބީޗް ސަރަޙައްދަށް ބަޔަކު ގެއްލުންދީފިއެވެ. ސިޓީ ކައުންސިލުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ހިންގަމުން އަންނަ މި ޕްރޮޖެކްޓަށް ބަޔަކު ގެއްލުން ދީފައިވާކަން، މޭޔަރު މުހައްމަދު އާތިފް ވަނީ ފޭސްބުކްގައިވެސް ހާމަކުރައްވާފައެވެ.

އަލަށް ތަރައްގީކުރެވުނު ބަނދަރާއި އުތުރު ބަނދަރާ ދެމެދުގައި އޮންނަ ބީޗް ސަރަހައްދު ތަރައްގީކުރަމުން އަންނަނީ އާއްމުންނަށް ހިތްފަސޭހަ ސަރަހައްދެއްގެ ގޮތުގައެވެ. އެގޮތުން އެސަރަހައްދުގައި ހަޓްތަކާއި ބެންޗްތައް އަދި އުނދޯލިތައްވަނީ ހަރުކޮށްފައެވެ. އަދި، މޫދު އެރޭ ފަރާތްތައްކަށް ހާއްސަކޮށްގެން ޝަވަރުތަކާއި، ލައިފްގާޑް ޕޯސްޓެއްވެސް އެސަރަހައްދުގައި އަންނަނ ތަރައްގީކުރަމުންނެވެ.

މޭޔަރު ފޭސްބުކްގައި ޕޯސްޓް ކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ ރަށުގައި ހިންގޭ މިފަދަ މަޝްރޫއުތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބޭކަމުގައެވެ. އެހެންނަމަވެސް، ނުވިސްނޭ ފަރާތްތަކުން ހިންގަމުން އަންނަ މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ހުރަސްއެޅޭކަމަކީ ހިތާމަކުރައްވާކަމަށެވެ.

"ކުޅުދުއްފުށީގެ ތަރައްގީއަށް ހިންގޭ މިފަދަ މަޝްރޫއުތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން އަންނަނީ ލިބެމުން، އެހެންނަމަވެސް ބައެއް ނުވިސްނޭ ފަރާތްތަކުން ހިންގާ މުފަދަ ނާތަހުޒީބު ދެރަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ހުރަސްއެޅޭކަމީ ހިތާމަކުރާކަމެއް." މޭޔަރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް އާތިފް ވިދާޅުވީ ތަރައްގީއަކީ އިންސާނާއަށް ވާގޮތެއްކަމަށާއި، ތަރައްގީއަކީ އިންސާނާގެ ވިސްނުމަށް އަންނަ ބަދަލެއްކަމުގައެވެ.

މީގެކުރިންވެސް ހުޅަނގު ސަރަހައްދު ބީޗަށް ގެއްލުން ދީފައިވެއެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައިވެސް މޭޔަރު މިހެން ވިދާޅުވެފައިވެއެވެ.

މި ބީޗް ތަރައްގީކުރުމަށް 1،155،584.74 ލާރިއަށް ހަވާލުކޮށްފައިވަނީ ގިބްސް ޕޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި ބީޗް ތަރައްގީކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ މި އަހަރުގެ މާޗުމަހުގެ 23 ވަނަ ދުވަހުއެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355