twitterviber whatsapp telegramfacebookyoutube instagram
11th December 2023

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ - ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ނަބީލާ އިސްމާޢީލް
Jul 31, 2022

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު 17:30 އާއި ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާއިރު ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ ހަވީރު 16:00 އާއި ހަމައަށެވެ.

މުޅި ރައްޖެއަށް 19 މޭލާއި 24 މޭލާ ދެމެދު ވައިގަދަ ވާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލަށް ވައިގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރާޅުތައް 4-7 ފޫޓަށް އުފުލޭނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355