twitterviber whatsapp telegramfacebookyoutube instagram
6th May 2025

އުތުރާއި މެދުރާއްޖެތެރެއަށް މޫސުންގޯސްވެ ޔެލޯ އެލާޓްނެރެފި

Mar 12, 2025

މޫސުން ގޯސްވެ, މޫސުމާއިބެހޭ ގައުމީ އިދާރާއިން އުތުރާއި މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް ޔެލޯ އެލާޓް ފުރަތަމަ ނެރުނީ މިއަދުގެ 06:30 އިން 09:30 އަށެވެ. އެއަށްފަހު 09:30 އިން 13:30 އަށް ސަމާލު ވަނީ ދަންމާލައިފައެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެއެވެ. އަދި ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށާއި ދެކުނުގެ އަތޮޅުތަަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވަނީ ބުނެފައެވެ.

ވައިޖެހޭ ބާރު މިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަނޑިއަކު ތިން މޭލާއި 10 މޭލުގެ ބާރުމިނުގައި ވައި ޖޭހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަނޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑަކު ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ހިސާބުތަކުގައި ރާޅުގެ އުސްމިނުގައި އެއް ފޫޓާއި ތިން ފޫޓު ހުންނާނެ ކަމަށާއި މެދުރައްޖެ ތެރެއާއި އުތުރުގައި ތިން ފޫޓާއި ހަ ފޫޓު ރާޅުގެ އުސްމިނުގައި ހުންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355