twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުރީދޫއިން ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗު ބަލަން ދެވޭ ލަކީޑްރޯއެއް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 3, 2022

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫން މިއަދު ފަށައިފި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ "ވޯލްޑް ކަޕް ފޯރި 2022" ކެމްޕައިނުގެ ދަށުން ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތުގެ އިތުރުން މި ލަކީ ޑްރޯގެ ބައިވެރިންނަށް ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އަދި ތަފާތު އިނާމު ލިބެ އެވެ.

މި މަސް ނިމެންދެން ކުރިއަށް ދާ މި ލަކީޑްރޯ އިއުލާން ކުރީ އުރީދޫގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެންވޭރު ދަނޑުގައި އޮތް ހާއްސަ ހަރަކާތެއްގަ އެވެ. އެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އަދި އުރީދޫގެ ސީއީއޯ ހާލިދު އަލްހަމާދީ އެވެ.

އެ ހަރަކާތުގައި ފިޔަވަތީގެ 50 ކުދިން ވަނީ ގައުމީޓީމުގެ ފަސް ކުޅުންތެރިންނާ އެކު ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލަން ލިބޭ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފަ އެވެ.

ސުޕަނެޓް ކަސްޓަމަރުންނާއި، ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުން، އުރީދޫ ބިލް ޕޭމެންޓްގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމާއި އެމްފައިސާގެ ހިދުމަތް ބޭނުން ކުރުން ފަދަ އުރީދޫގެ ހިދުމަތްތައް ބޭނުން ކުރާ ހުރިހާ ކަސްޓަމަރުން ވެސް، އެ ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކްކޮށް ވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އޭގެ އިތުރުން، މި މުއްދަތުގެ ތެރޭ އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް އެ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355