twitterviber whatsapp telegramfacebookyoutube instagram
25th March 2026

ހަނިމާދޫ 18 މަގެއްގައި ތާރު އަޅައި ނިންމާލައިފި

ނަބީލާ އިސްމާޢީލް
Aug 3, 2022

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އެ މަސައްކަތަ ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ ހަނިމާދޫގައި 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 18 މަގެއް ވަނީ ތާރުއަޅައިގެން ތަރައްގީ ކޮށްފައެވެ. އެ މަޝްރޫއަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެގޮތުން 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38,916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމުގެ އިތުރުން 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ނަމަވެސް އެކި ސަބަބުތަކާހުރެ ވަރަށް ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު 2019 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހަމަ އެ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355