twitterviber whatsapp telegramfacebookyoutube instagram
19th April 2024

މުށިތައް ނެއްޓޭތީ މިސްކިތުގެ ބޮޑު މަރާމާތަކަށް ދަނީ

އަބްދުލް ވާހިދު ޙަސަން
Aug 3, 2022

ކުޅުދުއްފުށީގައި ހުންނަ އެންމެ ބޮޑު މިސްކިތް ނުވަތަ މަސްޖިދުލް ހަޞާރާތުގެ ތަށިމުށިތައް ނެއްޓޭ މައްސަލަ ހައްލުކުރުމުގެ ގޮތުން މިސްކިތުގެ ބޮޑު މަރާމާތްތަކަށްދާން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިސްކިތުގެ 28 ފޫޓް 8 ފޫޓްގެ ސަރަހައްދަކުން މުށިތައް ނެއްޓިފައިހުރުމުގެ ސަބަބުން ބަޔަކާ ހަވާލުކޮށްގެން އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށި އެވެ. އެހެންނަމަވެސް މުށިތައް ނެއްޓިފައިހުރި ސަރަހައްދު މަރާމާތުކުރަން ފެށިތަނުން އެތަނާ ކައިރިންވެސް މުށިތައް ނެއްޓެން ފެށި އެވެ.

އަދި މުށިތައް ނެއްޓިފައިހުރި ސަރަހައްދާ ގުޅުން ނެތް އެހެން ސަރަހައްދުތަކުންވެސް މުށިތައް ނެއްޓޭތީ ކައުންސިލުން ނިންމީ މުށީގެ ބަދަލުގައި ވިނީލް އެޅުމަށެވެ.

އެހެންވުމުން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިސްކިތުގެ ބޮޑު މަރާމާތެއް ކުރުމަށް ސިޓީ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކައުންސިލުންގެ މިހާރުވެސް ވިސްނުން ހުރީ ފްލޯގެ ހުރިހާ މުއްޓެއް ނެއްޓުމަށްފަހު ވިނީލް އެޅުމަށް ކަމަށެވެ. އެހެންވުމުން ވިހާވެސް އަވަހަކަށް ބިޑަށް ހުޅުވާލާނެކަމަށެވެ.

މޭޔަރު ވިދާޅުވީ، އެ މަސައްކަތް ކުރުން، ބޮޑު މަރާމާތަކަށް ވާނެތީ އެކަން ކުރެވެން އަންނަނީ މިސްކިތް ބަންދުކޮށްގެން ކަމަށެވެ. އެހެންނަމަވެސް ހުކުރު ނަމާދުތަކަށް މިސްކިތުގެ މަތިން ހުޅުވާލެވޭނެ ގޮތަކަށް އިންތިޒާމުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މުށި ނެއްޓޭ މައްސަލައިގެ އިތުރުން އެތަނުގައި ހުރި އެހެން މައްސަލަތައްވެސް ފާހަގަކޮށް ކުރިއަށްއޮތްތަނުގައި އެ މައްސަލަތައްވެސް ހައްލުކުރާނެ ކަމަށެވެ.

މި ބޮޑު މަރާމާތަށް މިލިއަނަކަށްވުރެ ބޮޑު ހަރަދެއް ހިނގާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355