twitterviber whatsapp telegramfacebookyoutube instagram
4th November 2025

ޖަމާއަތު މިސްކިތް މަރާމާތަށް ބަންދުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jan 27, 2025

މަރާމާތަށް މަސްޖިދުލް ޖަމާއަތު ބަންދުކޮށްފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ޖަމާއަތު މިސްކިތް ބަންދުކުރީ އާދިއްތަދުވަހު އިޝާ ނަމާދަށް ފަހު އެވެ.

ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ، ރޯދަ އަންނަ ވާއިރަށް މަސައްކަތް އެއްކޮށް ނިންމާނުލެވުނުކަމުގައި ވިޔަސް، ރޯދައަށް ނަމާދުކުރެވޭ ވަރަށް މިސްކިތް ހުޅުވާލާނެ ކަމަށެވެ. ބާކީ ނުނިމި ހުރި މަސައްކަތް ނިންމާލާނީ ރޯދަގެ ފަހުން ކަމަށެވެ.

މަރާމާތުގެ ތެރޭގައި ދޮރުތައް ބަދަލުކުރުމާއި ވިނިލް އެޅުމާއި ސީލިންގ ބަދަލުކުރުމާއި ފެންޑާގެ މަސައްކަތުގެ އިތުރުން ޕާރކިން އެރިއާއެއް ތަރައްގީކުރެވޭނެ ކަމަށެވެ. މި މަސައްކަތް ކުރަނީ ކެނަލް އިންވެސްޓްމަންޓާ ހަވާލުކޮށްގެންނެވެ. މިއީ 1.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޖަމާއަތު މިސްކިތުގެ އިތުރުން ހުކުރު މިސްކިތުގެ މަރާމާތުތަކެއްވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އަދި ހަސަނާތު މިސްކިތުގެ މަރާމާތަށް ހުށަހެޅި ބިޑްތައް ބޮޑުވުމުން އަލުން ބޮޑަށް ހުޅުވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރިލްވާން ވިދާޅުވި އެވެ.

މި ހުރިހާ މަސައްކަތެއްވެސް ކުރަނީ ސިޓީ ކައުންސިލްގެ ބަޖެޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355