twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގަދަ އަށަކުން ޖާގަ ހޯދާ ކުޑަ އައްޔައަށް އަނެއްކާވެސް ތާރީހީ ކާމިޔާބީއެއް

މުޙައްމަދު އަހުމަދު
Aug 3, 2022

މާލޭ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ގަދަ އަށަކުން ޖާގަ ހޯދާ ރާއްޖޭގެ ކުޅަދާނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހްމަދު (ކުޑައައްޔަ) ތާރީހީ މޮޅެއް ހޯދައިފި އެވެ.

މިއާއެކު ކުޑަ އައްޔަ ވަނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ މުބާރާތެއްގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ރާއްޖޭގެ ބޮޑީބޯޑަރުގެ މަގާމު ހޯދާފަ އެވެ.

މިއަދު ކުރިއަށްދިޔަ ފިރިހެން އޯޕަން ބައިގެ ހީޓުގައި ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގައި އުޅޭ ފްރާންސްގެ ޔަން ސަލައުން ބަލިކޮށްފަ އެވެ. މީގެކުރިން އައްޔަ ވަނީ އިއްޔެ ތިންވަނަ ބުރުގައި ދުނިޔޭގެ ދެވަނައިގައި އޮތް ހަވާއީގެ ޓަނާ މެކް ޑެނިއަލް ބަލިކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ގައި ކުޑަ އައްޔަ ވާދަކުރިއިރު އޭނާގެ ޖުމްލަ ސްކޯއަކީ 12.15 އެވެ. ޔަންގެ ޖުމްލަ ސްކޯއަކީ 11.15 އެވެ. މިއާއެކު އައްޔަ ވެގެންގޮސްފައި މިވަނީ ދުނިޔޭގެ އެންމެ ފެންވަރުގެ މުބާރާތަކުން ގަދަ އަށަކަށް ދަތުރުކުރި ފުރަތަމަ ދިވެހި ބޮޑީބޯޑަރަށެވެ.

މި ކާމިޔާބީއާ އެކު ކުޑަ އައްޔަ ވެފައިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑިން މުބާރާތަކުން ގަދަ އަށަކުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރަށެވެ. ކުއާޓާ ފައިނަލުގައި އައްޔަ ނުކުންނާނީ ދުނިޔޭގެ ދެވަނައިގައި އޮތް ޓަނާއާ ދެކޮޅަށެވެ. ގަދަ އަށެއްގެ ހީޓުތައް ކުރިއަށް ދާނީ މާދަމާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355