twitterviber whatsapp telegramfacebookyoutube instagram
30th September 2022

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި 100 ގަސް އިންދައިފި

ނަބީލާ އިސްމާޢީލް
Aug 14, 2022
3

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި 100 ގަސް އިންދައިފި އެވެ.

މިއަދު ހެނދުނު 06:00 ޖަހާއިރު ކުޅުދުއްފުށީގައި އަލަށް ތަރައްގީކުރާ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިޔަ މިޕްރޮގުރާމުގައި ޖަލާލުއްދީން ސްކޫލްގެ އިތުރުން އޭއީސީ އަދި އަފީފުއްދީން ސްކޫލުން ބައިވެރިވެފައިވެ އެވެ.

މި އިވެންޓް ޝަރަފްވެރިކޮށްދެއްވާފައިވަނީ އދ. ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް އާއި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އެވެ.

ޔޫއެން ރެސިޑެންޓް ކޯޑިނޭޓާގެ އޮފީހާ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ގުޅިގެން މިއަހަރުގެ ބައިނަލްއަގްވާމީ ޒުވާނުގެ ދުވަސް ކުޅުދުއްފުށި ސިޓީގައި އަންނަނީ ކުލަގަދަކޮށްފާހަގަ ކުރަމުންނެވެ.

އެގޮތުން ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރގެ ދައުވަތަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުޅުދުއްފުއްޓަށް ވަޑައިގަނެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ޝަރަފުވެފިކޮށްދެއްވާފައިވެ އެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަށް، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން." މިޝިއާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355