twitterviber whatsapp telegramfacebookyoutube instagram
28th February 2026

ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އޮކްޓޯބަރު 3 ވަނަ ދުވަސް ސަރުކާރު ބަންދު

ނަބީލާ އިސްމާޢީލް
Aug 14, 2022

ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަސް ސަރުކާރު ބަންދުވާނެ ކަމުގައި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އަންނަ އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމަށެވެ.

ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރު އޮކްޓޯބަރު 4 ވަނަ ދުވަހުގެ ރޭ ދިވެހިފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ރިޒޯޓް، ކުރުނބާ ވިލެޖް ހުޅުވި ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355