twitterviber whatsapp telegramfacebookyoutube instagram
5th May 2024

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ހަދައިފި

ނަބީލާ އިސްމާޢީލް
Aug 22, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު ރާއްޖޭން ބޭރުގައިވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ އިފްތިތާހު ކުރި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމަޔަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާއެކު ދުވަސްވީ ޕާރޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މަރޗަންޓް މެދުވެރިކޮށް މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުނުކަމީ ލިބޭ އުފަލެއް ކަމަށެވެ.

"ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުންވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުންދާ އިސްދައުރު ދައްކުވައިދޭ."

އެމެރިކަން އެކްސްޕްރެސް ގެ ފަރާތުން، ވައިސް ޕްރެސިޑެންޓް، ގްލޯބަލް ނެޓްވޯކް ސާވިސަސް އިންޑިއާ އެންޑް ސައުތް އޭޝިއާ، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބީއެމްއެލް އަކީ އެމެރިކަން އެކްސްޕްރެސް އަށް މުހިންމު ޕަރޓްނަރެއް ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް ކަމަށް ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެއެވެ. އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355