twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ލަސްކުރީ ސްކޫލްތަކުގެ އެދުމުގެ މަތިން: ކައުންސިލް

ނަބީލާ އިސްމާޢީލް
Aug 27, 2022
3

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖައްސާފައިވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ފަސްކުރީ ސްކޫލްތަކުގެ އެދުމުގެ މަތިން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ ކައުންސިލުން ކަލަންޑަރކޮށްފައިވާ ސްކޫލް ނެޓްބޯޅަ މުބާރާތް ފަސްކުރީ ސްކޫލް ބަންދާ ދިމާވެ އަދި ޓެސްޓް އޮންނަ ދުވަސްވަރާ އެދުވަސްތައް ދިމާވާތީ ކަމަށެވެ.

ކައުންސިލް ސްޕޯޓްސް ކަލަންޑަރުގައިވާގޮތުން އެ މުބާރާތް ތާވަލްކޮށްފައިވަނީ ޖޫން މަހުގެ 03 ން 11 އަށެވެ.

މުހައްމަދު ދާއޫދު އިތުރަށް ވިދާޅުވީ މުބާރާތް ފަސްކުރަން ނިންމީ ސްކޫލްތަކާ މަޝްވަރާކޮށް އެ ގޮތަށް ސްކޫލްތަކުންވެސް އެދޭތީ ކަމަށެވެ. އަދި މުބާރާތް ބޭއްވުމަށް އަލުން ސްކޫލްތަކާ ދަނީ މަޝްވަރާ ކުރެވެމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއީ ސިޓީ ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން މި ގޮތަށްބާއްވާ ފުރަތަމަ ނެޓްބޯޅަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355