twitterviber whatsapp telegramfacebookyoutube instagram
29th August 2026

ހދ އަތޮޅު ވޮލީބޯޅަ މުބާރާތް ހޯސްޓްކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 30, 2022

ހދ އަތޮޅު ކައުންސިލް ބާއްވާ، އަތޮޅު ވޮލީބޯޅަ މުބާރާތް މިއަހަރު އޮކްޓޫބަރުމަހު ބޭއްވުމަށްޓަކާ، މުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.

މިކަމަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހދ އަތޮޅުގެ ސިޓީ، ރަށު ކައުންސިލްތަކާއި ރަޖިސްޓްރީކޮށް އަތޮޅުގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ވިޔަފާރިތަކަށާއި ކުލަބް ޖަމިއްޔާތަކަށެވެ.

އަތޮޅު ކައުންސިލުން ބުނީ، ރަޖިސްޓްރީކުރުން އޮންނާނީ 28 އޮގަސްޓުން ފެށިގެން 06 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށްކަމަށެވެ. މި މުބާރާތް ހޯސްޓްކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މުއްދަތުގައި މި އިދާރާގެ ކައުންޓަރުގައި ނުވަތަ ނަންބަރު 6521633 އާއި ގުޅައި ރަޖިސްޓްރީ ކުރެވޭނެ އެވެ.

ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 08 ސެޕްޓެންބަރު ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި އެވެ. މި ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355