ކުޅުދުއްފުށީ ސިޓީގައި ފޮޓޯ ކޮޕީ ހިދުމަތްދޭ މުޅިން އާ ފިހާރައެއް ހުޅުވައިފި އެވެ.
ކުޅުދުއްފުށި ސިޓީގެ އުތުރު އަވަށުގައި މި ސެޕްޓެންބަރު މަހު ހުޅުވުނު އިންކު ވެލްގެ ފިހާރައާއެކު، ސްކޫލު ކުދިން އަދި އެހެނިހެން ފަރާތްތަކަށް ފަސޭހަކަމާއެކު ހެޔޮއަގުގައި ޕްރިންޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އަދި އުތުރު އަވަށުގައި މިފަދަ ހިދުމަތެއް ލިބެން ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެފަރާތުން ބުނެ އެވެ.
މި ފިހާރައިން އެންމެ ޒަމާނީ މެޝިނަރީސް ބޭނުންކޮށްގެން ފޮޓޯ ކޮޕީ ހެދުމާއި، ލެމިނޭޓް ކުރުމާއި ކުލަ ޕްރިންޓް އޭ3 އާ ހަމައަށްކުރުމުގެ އިތުރުން ބައިންޑް ކުރުމާއި ހީރާސް ޖެހުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި އެކި ހަފްލާތަކަށް ކާޑު ޑިޒައިންކޮށްދީ ޕްރިންޓް ކޮށްދިމުނުގެ ހިދުމަތްވެސްވަނީ ފަށާފައެވެ.
ހަމަ މިއާއެކު ކުދި ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކުގެ ގޭގޭގައި ސީސީޓީވީ ސިސްޓަމް ހަރުކޮށްދިނުމާއި ނެޓްވޯކް އަޅައިދިނުމުގެ ޚިދުމަތްވެސް މިފިހާރައިން ފޯރުކޮށްދެއެވެ.
ނީލޯފަރު މަގުގައި ޖުޕިޓަރ ގޭގައި ހަދާފައިވާ 'އިންކު ވެލް' ހުޅުވިފައި ހުންނާނީ:
ހޮނިހިރު ދުވަހުން - ބުރާސްފަތިދުވަހު
08:00-12:00
14:00-17:00
20:15-22:30
ހުކުރު ދުވަހު
14:00-17:00
20:15-22:30
އިންކު ވެލް ފަރާތުން ވާހަކަ ދެއްކެވި އިންކު ވެލްގެ ވެރިފަރާތުން ވިދާޅުވިގޮތުގައި އެފަރާތުގެ އަމާޒަކީ ކުޅުދުއްފުށި ސިޓީގައި ޕްރިންޓްކުރުމުގެ ހިދުމަތް އާ ހަރުފަތަކަށް ގެންގޮސްދީ، މި ސިޓީއަށް ބޭނުންޖެހިފައިވާ އިތުރު ހިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެގޮތް މަގު ފަހި ކޮށްދިނުމެވެ.