twitterviber whatsapp telegramfacebookyoutube instagram
14th December 2025

ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީންކުރުމަށް އަންނަ އަހަރު ގިނަ ޕްރޮގުރާމްތަކެއް ރޭވިފައިވޭ

އަބްދުލް ވާހިދު ޙަސަން
Sep 9, 2022

ހދ އަތޮޅުގެ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށް އަންނަ އަހަރު ގިނަ ތަމްރީން ޕްރޮގުރާމްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރި ކުރުވުމަށް ހިންގުނު ތަމްރީން ޕްރޮގުރާމު ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިރާޖް ވިދާޅުވީ، އަންނަ އަހަރު ކައުންސިލްގެ މަސައްކަތުގައި ތާވަލުގައި ހިމަނައިގެން ގިނަ ތަމްރީން ޕްރޮގުރާމްތަކެއް ކުރިއަށްގެންދަން ހިމަނާފައިވާ ކަމަށެވެ.

އެގޮތުން މަސައްކަތުގެ ތާވަލުގެ 75 އިންސަތައިގައި ހިމެނެނީ އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީންކުރުން ކުރިއަށްގެންދަން ހުރި ޕްރޮގުރާމްތައް ކަމަށެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި އަތޮޅުގެ ހުރިހާ ރަށަކުން މުވައްޒަފުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355