twitterviber whatsapp telegramfacebookyoutube instagram
28th March 2024

މަރާމާތަށް ހުކުރު މިސްކިތް ބަންދުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 11, 2022
1

މަރާމާތުކުރުމަށް ކުޅުދުއްފުށީގައި ހުންނަ އެންމެ ބޮޑު މިސްކިތް ނުވަތަ މަސްޖިދުލް ހަޞާރާތު ބަންދުކޮށްފި އެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ކައުންސިލްގައި އެދުމުން، ކައުންސިލުން ވިދާޅުވީ، ކައުންސިލް ޕޭޖްގައި އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ހުކުރު މިސްކިތަށް ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ މިސްކިތުގެ ތިރީ ބުރިން މުށިތައް ނެއްޓޭ މައްސަލަ އެވެ. ކައުންސިލުން ފުރަތަމަ މަސައްކަތްކުރީ މިސްކިތް ބަންދުނުކޮށް އެ މައްސަލަ ހައްލުކުރެވޭތޯ އެވެ. އެހެންވެ ބަޔަކާ ހަވާލުކޮށްގެން އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށިނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެހެން ދިމާވީ މުށިތައް ނެއްޓިފައިހުރި ސަރަހައްދު މަރާމާތުކުރަން ފެށިތަނުން އެތަނާ ކައިރިންވެސް މުށިތައް ނެއްޓެން ފެށުމުންނާއި މުށިތައް ނެއްޓިފައިހުރި ސަރަހައްދާ ގުޅުން ނެތް އެހެން ސަރަހައްދުތަކުންވެސް މުށިތައް ނެއްޓެން ފެށުމުންނެވެ. އެހެންވުމުން ކައުންސިލުން ނިންމީ މުށީގެ ބަދަލުގައި ވިނީލް އެޅުމަށެވެ.

ކޭއޯއަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކައުންސިލުންގެ މިހާރުވެސް ވިސްނުން ހުރީ ފްލޯގެ ހުރިހާ މުއްޓެއް ނެއްޓުމަށްފަހު ވިނީލް އެޅުމަށް ކަމަށެވެ. އެހެންވުމުން ވިހާވެސް އަވަހަކަށް ބިޑަށް ހުޅުވާލާނެކަމަށެވެ.

މޭޔަރު ވިދާޅުވީ، އެ މަސައްކަތް ކުރުން، ބޮޑު މަރާމާތަކަށް ވާނެތީ އެކަން ކުރެވެން އަންނަނީ މިސްކިތް ބަންދުކޮށްގެން ކަމަށެވެ. އެހެންނަމަވެސް ހުކުރު ނަމާދުތަކަށް މިސްކިތުގެ މަތިން ހުޅުވާލެވޭނެ ގޮތަކަށް އިންތިޒާމުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އޭރު ވިދާޅުވި އެވެ.

ހުކުރު މިސްކިތް މަރާމާތަށް ބަންދުކުރުމާ ގުޅިގެން ބަލި މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައަށް، މަސްޖިދުލް ނަޝްރު (ކުރީގެ އަންހެނުންގެ މިސްކިތް) މިއަދު މެންދުރު ނަމާދުން ފެށިގެން ހުކުރު ދުވަހުގެ ހުކުރު ނަމާދު ފިޔަވައި އެހެން ނަމާދުތަކަށް ހުޅުވާލެވިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355