twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަރާމާތަށް ބަންދުކުރިއަސް ބޮޑު މިސްކިތުގައި ހުކުރު ނަމާދުތައް ކުރާނެ

އަބްދުލް ވާހިދު ޙަސަން
Sep 15, 2022

މަރާމާތުކުރުމަށް ކުޅުދުއްފުށީގައި ހުންނަ އެންމެ ބޮޑު މިސްކިތް ނުވަތަ މަސްޖިދުލް ހަޞާރާތު ބަންދުކޮށްފައިހުރިނަމަވެސް އެ މިސްކިތުގައި ހުކުރު ނަމާދުތައް ކުރާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މަސްޖިދުލް ހަޞާރާތު ބަންދުކުރީ އެތަނުގެ ބޮޑު މަރާމާތަކަށް މިމަހު ދިހަވަނަ ދުވަހު އެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، މަރާމާތަށް ބަންދުކުރިނަމަވެސް އެ މިސްކިތުގައި ހުކުރު ނަމާދުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން ހުކުރު ނަމާދުތައް އޮންނާނީ މިސްކިތުގެ މަތީ ބައިކަމަށް އޭނާ ވިދާޅުވި އެވެ.

މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ތިރީ ބުރީގައި އެވެ. އެގޮތުން އެތަނުގެ މުށިތައް ނެެއްޓުމާއި ބޮޑެތި ދޮރުތައް މަރާމާތުކުރާނެ އެވެ. 45 ދުވަސްގެ މުއްދަތަށް ހަވާލުކޮށްގެން ކުރިއަށްދާ އެ ޕްރޮޖެކްޓަކީ 1.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މަސްޖިދުލް ހަޞާރާތު ބަންދުކުރުމުން ކަށުނަމާދުތައްވެސް ވަނީ ފިރުދައުސް މިސްކިތަށް ބަދަލުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައަށް، މަސްޖިދުލް ނަޝްރު (ކުރީގެ އަންހެނުންގެ މިސްކިތް)ވެސް ވަނީ ހުޅުވައި ނަމާދުކުރެވޭނެ އިންތިޒާމު ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355