އަފީފުއްދީން ސްކޫލުން، އެ ސްކޫލްގެ ހައުސްތަކުގެ މެދުގައި ބާއްވާ 17 ވަނަ އިންޓަރ ހައުސް ސީނިއަރ ނެޓްބޯޅަ މުބާރާތް ގާޒީ ހައުސް ކާމިޔާބުކޮށްފި އެވެ.
މި މަހު 25 ން 28 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ ގާޒީ ހައުސް އާއި މަޖީދީ ހައުސް އެވެ.
ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހަދީޖާ އަލީ އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ:
އަމީނީ ހައުސްގެ ގޯލް ކީޕަރ އާއިޝަތު ޔައުލާ އަބްދު ރަހީމް
އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ:
- މަރިޔަމް ޝަހާމާ މުހައްމަދު - ގާޒީ ހައުސް
- މަރިޔަމް މަންހާ ޔޫނުސް - ގާޒީ ހައުސް
- ލަމްޔާ އަބްދުﷲ - ގާޒީ ހައުސް
- ފާތިމަތު ޝައިހާ އަސްލަމް - ގާޒީ ހައުސް
- މަރިޔަމް އަހުމަދު - މަޖީދީ ހައުސް
- ހަމްދާ ހަސަން ހަމީދު - މަޖީދީ ހައުސް
- އާމިނަތު ލަމްހާ - މަޖީދީ ހައުސް
މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ:
ގާޒީ ހައުސްގެ ގޯލް ޑިފެންސް މަރިޔަމް ޝަހާމާ މުހައްމަދެވެ.
ފައިނަލްގައި ގާޒީ ހައުސް އާއި މަޖީދީ ހައުސް ބައްދަލުކޮށް ގާޒީ ހައުސް ޗެމްޕިއަންކަން ހާސިލްކޮށްފައިވަނީ 30 ލަނޑު 10 ލަނޑުން ކާމިޔާބުކޮށެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގާޒީ ހައުސްގެ ވިންގ އެޓޭކް މަރިޔަމް މަންހާ ޔޫނުސެވެ.
އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދުރީސް ވަނީ މި މުބާރާތަށް އެހީތެރިވެދެއްވި ކޯޗުން، އޮފިސަލުން، ރެޑްކުރެސެންޓް، އޫރިދޫ، ދިރާގު، އަމްޕެއަރުން، ޕީޓީއޭގެ ހީވާގި މަންދޫބުންގެ އިތުރުން ސްޓޭޑިއަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.