twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނަބީޙް އާއި ޔޫޝަޢުއާ ނައިބު ރައީސް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި

ނަބީލާ އިސްމާޢީލް
Sep 29, 2022

ސައުދީ އަރަބިއްޔާގައި ބޭއްވި އިންޓަނޭޝަނަލް އެންމެ ބޮޑު ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ ދަރިވަރުންނާ، ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ބައްދަލުކުރައްވައިފި އެވެ.

މި މަހުގެ 10-21 ވަނަ ދުވަހާ ހަމައަށް "ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ހޯލީ ގުރުއާން" ގެ ނަމުގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ، ސިވިއަ އޯޓިޒަމް ހުންނަ އަހުމަދު ނަބީހު އަބްދުލްގާދިރާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރު މުހައްމަދު ޔޫޝައު އެވެ.

ރައީސް އޮފީހުގައި ނަބީހު އާއި ޔޫޝައުގެ އިތުރުން އެ ދެ ކުދިންގެ މައިންބަފައިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ ސައުދީގެ ބޮޑު މުބާރާތުގައި އެ ކުދިން ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއް ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ހާއްސަކޮށް، މުބާރާތުގެ ފައިނަލުގައި ގުރުއާން ކިޔެވި ނަބީހުގެ ކާމިޔާބީ ފާހަގަކުރެއްވި އެެވެ.

އެ މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވި އެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގުރުއާނަށް ކުދިން ހިތްޖައްސައި އެ ކުދިންނަށް ވީހާވެސް ގިނަ ފުރުސަތުތައް ހޯދައިދީ އެހީތެރިކަން ދިނުމަށް ކަމަށެވެ. އެ ބައްދަވުމުގައި މި ދެ ދަރިވަރުންގެ ބެލެނިވެރިން ވަނީ އެ ކުދިންގެ ކަންކަމުގައި ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސައުދީގެ އެންމެ ބޮޑު މުބާރާތުގައި ބައިވެރިވި ދެ ކުދިންނާ ނައިބު ރައީސް ބައްދަލުކުރެއްވިއިރު، އެ މުބާރާތުގެ ފައިނަލުގައި ކިޔެވުމަށްފަހު ނަބީހު ރާއްޖެ އައުމުން އެކަން ސަރުކާރުން ފާހަގަނުކުރުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355