twitterviber whatsapp telegramfacebookyoutube instagram
2nd May 2026

އާރްއޭސީއެލުން ދިރާގު ބަލިކޮށް ފުރަތަމަ ފަހަރަށް މުބާރާތުގައި މޮޅެއް

މުޙައްމަދު އަހުމަދު
Sep 30, 2022

އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު އާރްއޭސީއެލުން ދިރާގު ބަލިކޮށް މުބާރާތުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އިއްޔެ ހަވީރު ކޮރަލް ދަނޑުގައި ކުޅެވުނު މިމެޗު އާރްއޭސީއެލުން ކާމިޔާބުކުރީ 3 - 1 ންނެވެ. މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނަ ކާޑުތަކެއް ވެސް ދައްކާފައިވެ އެވެ.

މެޗުގައި އިއްްޔެ އާރްއޭސީއެލުން ވަނީ 1 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. މިއީ ދިރާގުގެ މުހައްމަދު ޒަކަރިއްޔާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. އޭނާއަށް ރީޑު ކާޑެއް ދެއްކިއިރު މިޕެނަލްޓީ އާރްއޭސީއެލަށް ކާމިޔާބުކޮށްދިނީ އާރްއޭސީއެލްގެ އަބްދުއްރަހީމް އަބޫބަކުރެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ދިރާގުގެ ކައުބް ޝަރީފް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު 1 - 1 ން އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ސާލިމް މުހައްމަދު (ލިމޭ) ވަނީ ދެވަނަ ފަހަރަށް މެޗުގައި އާރްއޭސީއެލަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ 3 ވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އާރްއޭސީއެލަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަބްދުއްރަހީމް އަބޫބަކުރެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރްއޭސީއެލްގެ ސާލިމް މުހައްމަދު (ލިމޭ) އެވެ.

މިއަދު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ކޭއާރުއެޗާއި ކޭސީޕީ އެވެ. މިމެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު ކޮރަލް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355