twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ ސާނަވީ ތައުލީމު ކުރިއަރުވަން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ނަބީލާ އިސްމާޢީލް
Oct 1, 2022

ރާއްޖޭގެ ތައުލީމީ ނިޒާމާއި ސްކޫލްތަކާއި، ސާނަވީ ތައުލީމުގެ ފެންވަރާއި، ނަތީޖާ ރަނގަޅު ކުރުމަށް އެހީވުމުގެ ގޮތުން ރާއްޖެއަށް ހާއްސަކޮށްގެން ނުވަ މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށްފި އެވެ.

"މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑެވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ނަމުގައި ކުރިއަށް ގެންދާ މި މިޝްރޫއަށް ޖުމްލަ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދޭ އިރު ބާކީ 4.5 މިލިއަން ޑޮލަރަކީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ހަމަޖައްސައިދޭ ލޯނެކެވެ.

އައިޑީއޭ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން ވޯލްޑް ބޭންކުން ހާއްސަކޮށްފައިވާ ގޮތްޕެކެވެ.

ރާއްޖެގެ އެޑިޔުކޭޝަން މިނިސްޓްރީން ވެސް މި މަޝްރޫއަށް އެއް މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން އިގްތިސާދީ ތަރައްގީއަށް މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. މިފަދަ މުހިއްމު މާއްދާތަކުގައި ސާނަވީ ތައުލީމުގެ ފެންވަރުގައި ނަތީޖާ ރަނގަޅުވުމަކީ މަތީ ސާނަވީ ތައުލީމަށް ޝަރުތު ހަމަވުމަށް އިތުރަށް ދަރިވަރުންނަށް އެހީތެރިވެދޭނެ ކަމެއް ކަމުގައި ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

"މި ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ އަތޮޅުތަކުގައި މުދައްރިސުންގެ ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން އާންމު ތައުލީމުގެ ފެންވަރު ހަރުދަނާކޮށް އަދި ދަރިވަރުންގެ އާބާދީ ކުޑަ ރައްޖޭގެ ރަށްތަކުގައި ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރަން އެބަޖެހޭ" ވޯލްޑް ބޭންކްގެ އެޑިޔުކޭޝަން ސްޕެޝަލިސްޓް އަދި މި ޕްރޮޖެކްޓްގެ ކޯ ޓާސްކް ޓީމް ލީޑަރު ކާރްތިކާ ރާދަކްރިޝްނާން ނައިރު ވިދާޅުވި އެވެ.

މީގެ އިތުރުން ހަކަތަ ސަލާމަތްކުރުން ފަދަ ތިމާވެށްޓާ ރައްޓެހި ގޮތްތައް ސުލޫކުތަކުގައި ބޭނުންކުރުމަށް ބާރުއަޅައި މި ޕްރޮޖެކްޓްގެ ދަށުން ބައެއް މަސައްކަތްތައް ކުރާނެ އެވެ. އަތޮޅު ތެރޭގެ ސްކޫލްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އުނގެނުމުގައި ގޮންޖެހުންތައް ހުރި ދަރިވަރުންގެ ބޭނުންތަކަށް މުދައްރިސުންގެ ހުނަރުތައް ކުރިއެރުވުމަށްވެސް މިމަޝްރޫއުގައި ބާރުއަޅާނެ އެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، މެނޭޖްމަންޓްގެ ބޭފުޅުންނާއި، ޓީޗަރުންގެ ހުނަރުތައްވެސް މަޝްރޫއުގެ ތެރެއިން ތަރައްގީކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355