twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަމާޒަކީ އުތުރުގެ މި ސިޓީގައި ސައުތު އޭޝިއާގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުން: ޔާސިރު

ނަބީލާ އިސްމާޢީލް
Oct 4, 2022
3

އެންމެ ބޮޑު އަމާޒަކީ ސައުތު އޭޝިއާގެ މުބާރާތްތައް ކުޅުދުއްފުށީ ސިޓީގައި ބޭއްވުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޔާސިރު މިފަދައިން ވިދާޅުވީ ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފާރޮށި އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯލް ޓޯނަމެންޓުގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވާ މިދިޔަ އާދީއްތަ ދުވަހު ދެއްކެވި ވާހަކައިގަ އެވެ.

ޔާސިރު ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ ސައުތު އޭޝިއާގެ މުބާރާތްތައް އުތުރުގެ މި ސިޓީގައި ބޭއްވުން ކަމަށެވެ.

އޭނާ ވިދާޅުވީ ފާރޮށި އިންޓަރ އޮފީސް ކޮރަލްސް ފުޓްބޯޅަ މުބާރާތަކީ ކުޅުދުއްފުށީގެ ތާރީހުގައިވެސް ލިޔެވިގެންދާނެ މުބާރާތެއް ކަމަށާއި ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތަށް ގާއިމުކުރުމަކީ މުހިންމު ކަމެއްކަމުގަ އެވެ.

"މި ކުޅުދުއްފުށީގައި ކުޅިވަރު ވަސީލަތްތައް، އުތުރަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަކީ އަޅުގަނޑުމެންގެ މަސައްކަތެއް. އަދި އެ މަސައްކަތަށް ހުރަސްވާ ކޮންމެ ހުރަސްވުމެއް އަޅުގަނޑުމެން ނައްތާލާފަ ކުރިއަށްގޮސް އެކަންކަން ހާސިލުކުރާނަން." ޔާސިރު ވިދާޅުވި އެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާ، މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވުނު އެންމެ އަގުބޮޑު މުބާރާތް އަންނަ އަހަރު މާ ފުރިހަމައަށް ކުރިއަށްދާނެކަން ވެސް ޔާސިރުވަނީ އިއުލާނުކުރައްވާފަ އެވެ.

މި އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޕޮލިހާއި ކޭއާރުއެޗް ބައްދަލުކޮށް 4 ލަނޑު 2 ލަނޑުން ޕޮލިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355