twitterviber whatsapp telegramfacebookyoutube instagram
10th May 2024

ޝަރަފުވެރި ބެލޮންޑިއޯ އެވޯޑް ކަރިމް ބެންޒެމާ ކާމިޔާބުކޮށްފި

މުޙައްމަދު އަހުމަދު
Oct 18, 2022

ފްރާންސް ފުޓްބޯލްއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑާއި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ކާމިޔާބުކޮށްފި އެވެ،

އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރީ ބާސެލޯނާ އާއި ސްޕެއިނުގެ ހުނަރުވެރި ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ.

1998 ވަނަ އަހަރު ޒިނެދިން ޒިދާނަށް ބެލޮންޑިއޯ އެވޯޑް ލިބުނު ފަހުން މިއަހަރު އަލަށް ފްރާންސްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނުއިރު ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލާއި ފްރާންސް ޓީމުގައި ކުޅެ މޮޅު ކުޅުމެއް ދައްކާ ގިނަ މުބާރާތްތަކެއް އެޓީމު ތަކަށް ހޯދައިދީފަ އެވެ.

އެގޮތުން ރެއާލާއެކު ސްޕެނިޝް ލީގާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ފްރާންސާއެކު ބެންޒެމާ ވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ތަށި ވެސް ހިއްލާލާފަ އެވެ. ރެއާލަށް މިދިޔަ ސީޒަނުގައި ކުޅެދިން ޖުމްލަ 46 މެޗުން 44 ގޯލު އޭނާ ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ޔޫއެފާއިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

ކާމިޔާބީއަށްފަހު 34 އަހަރުގެ ބެންޒެމާ ބުނީ ބެލޮންޑިއޯ އަކީ އިންޑިވިޖުއަލް އެވޯޑަކަށް ވެދާނެކަމަށާއި އެހެންނަމަވެސް އޭނާއަށް މިއެވޯޑް ފެންނަނީ ގުޅިގެން ކުރާ މަސައްކަތަކަށް ލިބޭ އެވޯޑެއްގެ ގޮތުގަ ކަމަށެވެ. އަދި މިއީ މީހުންގެ މަސައްކަތުން ލިބުނު އެވޯޑެއް ކަމަށާއި މި ޓްރޮފީ ހޯދުމަކީ އޭނާގެ ވިސްނުމުގައި އަބަދުވެސް އޮތްކަމެއް ކަމަށް ވެސް ބެންޒެމާ ބެލޮންޑިއޯ ހަފްލާގައި ވާހަކަދައްކަމުން ބުނެފައިވެ އެވެ.

ބެލޮންޑިއޯ އެވޯޑްގެ ދެވަނަ ސެނެގާލާއި ލިވަޕޫލަށް މިދިޔަ ސީޒަނުގައި ކުޅެދިން ސަޑިއޯ މާނޭ ހޯދިއިރު މާނޭ ވަނީ އެންމެ ރަނގަޅު އިޖުތިމާއީ ހިދުމަތްތައް ކުރާ ކުޅުންތެރިޔާއަށްދޭ ސްކޮރަޓެސް އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. ތިންވަނައަށް ދިޔައީ އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ވެސް ހޯދި ސިޓީގެ ކެވިން ޑިބްރޭނާ އެވެ.

ބަޔާން މިއުނިކަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީއަށް އެންމެ މޮޅު ފޯވާޑަށް ދޭ މުލާ ޓްރޮފީ ލިބިފައިވާއިރު އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހާސިލްކުރީ ރެއާލްގެ ކުޅަދާނަ ކީޕަރު ތިބައުޓް ކޯޓުއާ އެވެ.

ފަސް ވަނަ އަށް ލިވަޕޫލްގެ މުހައްމަދު ސަލާހު ދިޔައިރު، ހަ ވަނަ އަކީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އެވެ. ހަތް ވަނަ ހޯދީ އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހާސިލްކުރި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެވެ.

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ބާސާގެ ޒުވާން މިޑްފީލްޑަރު ގަވީއަށް ލިބުނުއިރު އެންމެ މޮޅު ކުލަބްގެ އެވޯޑް އެވޯޑް ހާސިލްކުރީ މެންޗެސްޓަރ ސިޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355