twitterviber whatsapp telegramfacebookyoutube instagram
3rd August 2026

މި އަހަރު ގައުމީ އިނާމު 32 ފަރާތަކަށް

ނަބީލާ އިސްމާޢީލް
Oct 19, 2022

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ދިނުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގައުމީ އިނާމަށް ބޭފުޅުން ހޮވީ އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިން ކަމަށެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދޭނީ އެކަމަށް ހާއްސަކޮށްގެން މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.

މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355