twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު 10 ބޭފުޅަކަށް

Oct 22, 2022

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ގައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ.

މި ރަސްމިޔާތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 10 ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ޝާހިދު ހަލީމް، މ. ޑައިމަންޑްވެލީ

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިފެންމާގެ

3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ

4. ތައުލީމީ ދާއިރާއިން: ޑޮކްޓަރ އަހްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ

5. ސިއްހީ ދާއިރާއިން: އަހްމަދު ނާޝިދު، ހ. ރަންރިބުދޫ

6. ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް

7. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން: ޒަރީނާ އަހްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު

8. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން: އަހްމަދު އަލީމަނިކު، ގ. ވިޔަވަތި

9. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: މުހައްމަދު ސޯލިހު، މ. ޝުއާޒް

10. މަސައްކަތްތެރިކަމުގެ ދާއިރާއިން: އާބިދާ އިސްމާއީލް އަލީ، މ. ކަނޑޫކުރި

ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355