twitterviber whatsapp telegramfacebookyoutube instagram
25th July 2026

ވޯލްޑް ކަޕަކީ ގައުމީ ޓީމަށް ކުޅޭނެ އެންމެފަހު މުބާރާތްކަމަށް ލޫކަ މޮޑްރިޗް ބުނެފި

މުޙައްމަދު އަހުމަދު
Oct 25, 2022

އަންނަ މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް 2022 އަކީ ގައުމީ ޓީމަށް ކުޅޭ އެންމެފަހު މުބާރާތްކަމަށް ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ ކުޅަދާނަ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ބުނެފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަމަށް މޮޑްރިޗް ހާމަކޮށްފައިވާއިރު ފީފާ ޕްލަސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާގެ އުމުރާމެދު އޭނާއަށް ޔަގީންކަމަށާއި މިއީ ކްރޮއޭޝިއާ ކުޅޭނެ އެންމެ ފަހު މުބާރާތްކަމަށެވެ.

37 އަހަރުގެ މިޑްފީލްޑަރު ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕް 2018 ގެ ފައިނަލަށް އަލަށް އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ކްރޮއޭޝިއާ ގެންގޮސްދީފަ އެވެ. އެފަހަރުގެ ފައިނަލުގައި ފްރާންސް އަތުން ކްރޮއޭޝިއާ ބަލިވި ނަމަވެސް މޮޑްރިޗް ވަނީ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް ހާސިލްކޮށްފަ އެވެ.

މީގެކުރިން މޮޑްރިޗް ވަނީ ޖުމްލަ 3 ވޯލްޑް ކަޕުގައި ވާދަކޮށްފަ އެވެ. އަދި މޮޑްރިޗް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑިއޯ އެވޯޑް ވެސް 2018 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355