twitterviber whatsapp telegramfacebookyoutube instagram
12th August 2026

ނޭކުރެންދޫ ބަނދަރު ބޮޑުކޮށް މަރާމާތްކުރުމަށް އެމްޓީސީސީއަށް

Oct 31, 2022

ހދ ނޭކުރެންދޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.

47.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ މި ބަނދަރުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 290 މީޓަރު ބްރޭކްވޯޓަރ ޖެހުމާއި 76 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރ ޖެހުން ހިމެނެ އެވެ.

އަދި މީގެ އިތުރުން 166 މީޓަރު ރިވެޓްމެންޓް ޖެހުމާއި 212 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 19 މަގު ބައްތި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމް އެޅުމުގެ އިތުރުން 1859 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355