twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކީރިތި ޤުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒަކަށް މެޑަލް

ނަބީލާ އިސްމާޢީލް
Nov 12, 2022

ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 13 ހާފިޒަކަށް މެޑަލް ދީފި އެވެ. ހާފިޒުންނަށް މެޑަލް ދެއްވާފައި ވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ހާއްސަ މެޑަލްއެއް ދެއްވަން ފެއްޓެވީ މި ސަރުކާރުން 2020ވަނަ އަހަރުން ފެށިގެންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސްގެ ހާއްސަ މެޑެލް ހާސިލުކުރި 13 ޙާފިޡުންނަކީ:

  • އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި - ސ. ހިތަދޫ
  • އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު - މަތިމަރަދޫ. މާލަމް، ލ. ގަން
  • އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު އަނޯވާ - ޏ. ފުވައްމުލައް
  • އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ - ޏ. ފުވައްމުލައް
  • އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ - ޏ. ފުވައްމުލައް
  • އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ - ސ. ހިތަދޫ
  • އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު - ގ. ރައިހާނުގެ
  • އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް - ސ. ހިތަދޫ
  • އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ - ސ. މަރަދޫ
  • އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ - ގދ. ހޯނޑެއްދޫ
  • އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް - ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
  • އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި - ސ. ފޭދޫ
  • އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ - ބ. ހިތާދޫ

ޤުރުއާން ހިތުދަސްކުރެއްވި ހާފިޡުންގެތެރެއިން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމާއި މެޑަލް ދެއްވިއެވެ.

އިނާމު ލިބުނު ހުރިހާ ބޭފުޅުންނަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިނާމަށް ނަން ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން، ޤައުމީ އިނާމު ހާސިލްކުރެއްވި ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި އެކުލަވާލެއްވި ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355