twitterviber whatsapp telegramfacebookyoutube instagram
18th May 2024

މަތީ ދަރަޖައިގެ އިނާމް 52 ބޭފުޅަކަށް

ނަބީލާ އިސްމާޢީލް
Nov 12, 2022

މަތީ ދަރަޖަ ހޯއްދެވި 52 ބޭފުޅަކާއި ޤުރުއާން ހިތުދަސްކުރެއްވި ހާފިޡުންގެ ތެރެއިން 1 ވަނަ ދަރަޖައިގައި ފާސް ހޯއްދެއްވި 13 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ދެއްވައިފިއެވެ.

އިނާމު ހަވާލުކޮށްދެއްވީ މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަކީ، އިލްމާ ހުނަރާ އުފެއްދުންތެރިކަމުގައި، ހިތްވަރާއެކު ހޯދާފައިވާ ކާމިޔާބީ ގައުމީ ފެންވަރެއްގައި ފާހަގަކޮށް ދޭ އިނާމެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ:

  • ޑޮކްޓަރ ޢާއިޝަތު ޝަފިނާ، ގ. މަންބަޢު
  • ޑޮކްޓަރ ފާޠިމަތު މުނާ، ސަނޯރާމާގެ އދ. މަހިބަދޫ
  • ޑޮކްޓަރ ޢާއިޝަތު ނަޝީދާ، މ. ރުއްފުށި
  • ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، ގުލްބަކާގެ، ގދ. ފިޔޯރީ
  • ޑޮކްޓަރ އާމިނަތު ޝިޔާމާ، ގ. ބްލޫވިންގ
  • ޑޮކްޓަރ ވަސީމާ ފިކުރީ، ފެހިވިލު، ތ. ތިމަރަފުށި
  • ޑޮކްޓަރ ފާޠިމަތު ނަޖާދާ ޢަބްދުﷲ، ދަފްތަރު. ނަންބަރު ދރ 586
  • ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާ، މ. ކަނޑުފުށި
  • ޑޮކްޓަރ އަޙްމަދު މުޙައްމަދު، މާކޯނި، ނ. ވެލިދޫ މިބޭފުޅުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދީ:

  • އަލީ ޝައުޒޫން، ޑިލައިޓްހާރޓް، ސ. މަރަދޫ
  • ދިޔާނާ ޢަބްދުﷲ، ރަންކޮކާގެ، ދ. ހުޅުދެލި
  • އާދަމް ޝަރީފް، ރަބީޢުގެ، ތ. ކަނޑޫދޫ
  • އިބްރާހީމް ނަވާފް، ޖިފްޓި، ސ. ހުޅުދޫ
  • ލުބްނާ މުހައްމަދު، ލެގޫނާ، ހދ. ކުޅުދުއްފުށި
  • މުހައްމަދު ޒުހައިރު، ސާހިލް، ށ. ފޯކައިދޫ
  • ފާތިމަތު ރައުދާ، ފިނިފަރު، ތ. ވިލުފުށި
  • އަހުމަދު އަމީން، ދަފްތަރު. ނަންބަރ ރސ 13923
  • މުހައްމަދު އަމީން، ފެންވަރު، ކ. ކާށިދޫ
  • މަރްޔަމް އަފްޒާ އަހުމަދު، ނޫރާނީއާގެ، ޅ. ނައިފަރު
  • އަހުމަދު ނިޝާމް، ފިނިހިޔާ، ތ. ހިރިލަންދޫ
  • އާއިޝަތު މަންޞޫދާ، ދެވެލި، ގއ. ވިލިނގިލި
  • ފާތިމަތު ސަދާ މުހައްމަދު އިބްރާހީމް، ދިލާސާގެ، ޅ. ނައިފަރު
  • ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޟިޔާޢު، ގުލިސްތާނުގެ، ގއ. ގެމަނަފުށި
  • އާއިޝަތު ރަޝީދާ، ސާދާގެ، ސ. ހިތަދޫ
  • އަހުމަދު އަކްރަމް، އައްސޭރި، ތ. ވޭމަންޑޫ
  • އަހުމަދު ޝިޔާމް އިބްރާހީމް، ފަރުމާ، ށ. ފޯކައިދޫ
  • ނައީމާ އަޙްމަދު، ހިރުނދުމާގެ، ރ. މީދޫ
  • އިބްރާހީމް ރަޝީދު، އެހުރު، ފ. ނިލަންދޫ
  • ނަޝާޔާ ރަޝީދު، ގުލާބީވިލާ، ގދ. ފިޔޯރި
  • ޝަފްރާޒް ރަޝީދު، ދަފްތަރު. ނަންބަރު ރސ 11690
  • އަލްފީނު ޢަދުނާން އިސްމާޢީލް، ވެހެލި، ގދ. ތިނަދޫ
  • ހަލީމަތު ނަހުލާ އަޙްމަދު، ނިޝާން، ޅ. ހިންނަވަރު
  • ހުސައިން ނަޡީރު، ވައިޓްރޯސް، ނ. ޅޮހި
  • އިސްމާއީލް ޞަބާޙް، މއ. ޕިންކްޑްރީމް
  • ޢާއިޝަތު ނާޡިމާ، މަލަސް، ބ. ގޮއިދޫ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދީ:

  • ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ފިރާޟް، ޖަނަވަރީމާގެ، ހއ. އިހަވަންދޫ
  • ތުޙްފާ ޢަބްދުﷲ، ހަމަވަތި، ބ. ދަރަވަންދޫ
  • ސަޢާދާ އިބްރާހީމް، ބިންމާގެ، ނ. މާޅެންދޫ
  • ޢާއިޝަތު މިހުނާ ނާސިޙް، މިމްސާ، ގދ. ގައްދޫ
  • ޙަލީމަތު ރަޝީދާ، ލަކްސަމީގެ ހއ. އިހަވަންދޫ
  • ފަސްޓް ލެފްޓިނަންޓް އިބްރާހީމް ޢަލީ, ކަޝްމީރުވާދީ، ހދ. މަކުނުދޫ
  • އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު، އަސޭގެ، ގދ. ތިނަދޫ
  • މަރްޔަމް ރަނާ، ރިހިގެ، ހއ. ހޯރަފުށި
  • ޢާއިޝަތު ޒައިފާ، ގ. ގޮޅާގެ
  • އާމިނަތު ރިޝްމީ، ސަމާ، ހއ. މާރަންދޫ
  • ޢާއިޝަތު ޢުލްޔާ ޢާޒިމް، ހ. ދިޔަދޫގެ
  • މުހައްމަދު ނަފުޢާން ޢާމިރު، މ. ދޮންލުބޯގެ
  • ފާޠިމަތު ޔަމާން ޝުޢާޢު، ރިޔަން، ސ. ހިތަދޫ
  • މުޙައްމަދު ސިމްޔާން ޝަރީފު، އަލިމަސްގެ، ގދ. ތިނަދޫ
  • ފާތިމަތު ނަވްޒާ، ޖަނަވަރީގެ، ސ. ފޭދޫ

އިނާމު ލިބުނު ހުރިހާ ބޭފުޅުންނަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

އިނާމަށް ނަން ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން، ޤައުމީ އިނާމު ހާސިލްކުރެއްވި ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި އެކުލަވާލެއްވި ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355