twitterviber whatsapp telegramfacebookyoutube instagram
4th May 2024

ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް ފާތިމަތު ޔުމްނާ އާތިފަށް

Nov 22, 2022

ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ފާތިމަތު ޔުމްނާ އާތިފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބެޖް ހަވާލުކޮށްދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ،ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އާއި، ޗީފް ކޮމިޝަނަރ ނިއުމާތު ޝަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުހަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތައުރީފް ކުރައްވާފައެވެ.

އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތައާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާސީލްކުރި ފުރަތަމަ ފަހަރުކަން، ފާހަގަކުރައްވައި، ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަހުރުވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތިމަތު ޔުމްނާ އާތިފް ވަނީ، އެބެޖްގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355