twitterviber whatsapp telegramfacebookyoutube instagram
9th December 2022

ބީއެމްއެލްއިން 50،000 ރުފިޔާއިން މަތީ އަދަދުތަކުގެ ޗެކް ބަލައިގަތުން ހުއްޓާލަނީ

ނަބީލާ އިސްމާޢީލް
Nov 24, 2022

އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރު އާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތައް އެކަނި ކަމަށް އެ ބޭންކުން ބުނެފިއެވެ.

އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސްޓްރެޓަޖީގެ ދަށުން 1 އޭޕްރިލް 2023 އިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު ވަނީ ކަނޑައެޅިފައެވެ.

މިގޮތުން ބީއެމްއެލް އިން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރު އާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތައް ކަމަށް އެ ބޭންކް އިން ބުނެފައި ވެއެވެ. މިއަދަދަށް ވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެއެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުން ބޭންކިންގ ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުން ކުުރުމަށް އެދޭ ކަަމަށެވެ. ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރުވޭނެ ކަަމަށްވެސް އެ ބޭންކް އިން ބުނެފައި ވެއެވެ.

އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355