twitterviber whatsapp telegramfacebookyoutube instagram
9th July 2025

ދިރާގުޓީވީން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލާލެވޭނެ

ނަބީލާ އިސްމާޢީލް
Nov 24, 2022

ގިނަ ބަޔަކު އިންތިޒާރު ކުރާ ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ ހުރިހާ މެޗުތަކެއް ދިރާގުޓީވީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ލައިވްކޮށް ބަލާލެވޭނެ ކަަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔެސް ޓީވީ (ޗެނަލް 8) އަދި ރާއްޖެޓީވީން (ޗެނަލް 6) އެޗްޑީކޮށް ވޯލްޑް ކަޕްގެ މެޗުތައް ދިރާގުޓީވީ ފެންނާނެ ކަމަށެވެ.

ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންޓެންޓް ރައިޓްސް ދިރާގަށް ލިބިފައިވާ ގޮތުން މިމެޗުތައް ދިރާގުޕްލޭ މޮބައިލް އެޕްލިކޭޝަނުން ނުފެންނާނެ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

ދިރާގުގެ އަމާޒަކީ މިއަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޓީވީގެ ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355