twitterviber whatsapp telegramfacebookyoutube instagram
9th May 2025
ADVERTISEMENT

މިއަހަރުގެ މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ނިންމާލައިފި

Nov 24, 2022

އުރީދޫ މޯލްޑިވްސް އާއި ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން އިންތިޒާމު ކޮށްގެން ކ. ތުލުސްދޫގައި ކުރިއަށްގެންދިޔަ މި އަހަރުގެ މިޔަހެލި ކޭމްޕް ނިންމާލައިފިއެވެ.

މިއީ ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި ޒުވާނުންގެ ހިޔާލުތައް އެއްތަނަކަށް ގެނެސް، މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ބާއްވާ ކޭމްޕެކެވެ.

ތުލުސްދޫގައި ބޭއްވި މި ކޭމްޕުގައި 11 މަދަނީ ޖަމުއިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. އަދި ކޭމްޕު ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެންމެ މޮޅު ތިން ހިޔާލު ހުށަހެޅި ތިން ޖަމިއްޔާއަށް އިނާމު ދީފައެވެ.

މި ކޭމްޕާ ގުޅިގެން އުރީދޫގެ ޑިރެކްޓާ ހިއުމަން ރިސޯސް، ފަޒްނާ މަންސޫރު ވިދާޅުވީ، މަދަނީ ޖަމުއިއްޔާތަކަށް ހުޅުވާލައިގެން މިފަދަ ކޭމްޕެއް ކުރިއަށްގެންދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެމީހުންގެ ޚިޔާލުތަކަށް ތާއީދުކޮށް އެ ޚިޔާލުތައް ކުރިއަރުވާ، މުޖުތަމައުގައި ހުރި މައްސަލަތަކަށް އެކަމުން ދާއިމީ ހައްލެއް ހޯދަން މި ކޭމްޕު މެދުވެރިކޮށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މޮޅުވި ހުރިހާ ޓީމުތަކަކަށް މަރުހަބާ. މި ޕްރޮޖެކްޓްތަކުގައި ހަގީގީ ކުލަ ޖެހޭ މަންޒަރު ފެންނާނެކަމަށް އުންމީދުކުރަން،" ކޭމްޕުގެ ބައިވެރިންނާ މުޚާތަބުކޮށް އޭނާ ވިދާޅުވިއެވެ.

މިޔަހެލި ކޭމްޕުގެ މަގުސަދަކީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ވާހަކަދައްކާ، މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތަކަށް ޒުވާނުންނަސް އެއްބާރުލުން ދިނުމެވެ. މިއީ 2016ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރިއަށްގެންދާ ކޭމްޕެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com