twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރޯހައުސްތަކުގެ ތަޅުދަނޑި މި މަހު 26 ވަނަ ދުވަހު ހަވާލުކުރަނީ

ނަބީލާ އިސްމާޢީލް
Nov 24, 2022

މީގެ 11 އަހަރު ކުރިން ކުޅުދުއްފުށީގައި ހަދަން ފަށާފައި ހުރި ރޯހައުސްތައް ވީރާނާވާން ދޫކޮށްލާފައި ހުއްޓާ އެތަންތަން މަރާމާތުކުރުމަށްފަހު، މިދިޔަ ހޯމަދުވަހު ވަނީ ގުރުއަތު ނަގާފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެތަނުގެ ތަޅުދަނޑި އެފުލެޓުތަކުގެ ހައްގުވެރިންނަށް ހަވާލުކުރާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވީ މި މަހު 26 ވަނަ ދުވަހުންފެށިގެން ރޯހައުސްތަކުގެ ތަޅުދަނޑި ހަވާލުކުރަން ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުން އޭނާ ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ 19000 ރުފިޔާ 2 މަހަށް ބަހާލައިގެން ދެއްކޭނެ ގޮތްވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

2011 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 160 ހައުންސިންގ ޔުނިޓްގެ މަސައްކަތް ފެށި އެވެ. އެހެންނަމަވެސް، ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު އެ ހައުންސިންގ ޔުނިޓްތައް ހުރީ ވީރާނާވާން ދޫކޮށްލާފަ އެވެ. އެތަނުން މަސައްކަތް ނިމުނީ ކަނބޯރަނި ހިޔާގައި އިމާރާތްކުރަން ފެށި 18 ހައުންސިން ޔުނިޓް އެކަންޏެވެ.

2021 ވަނަ އަހަރު ދޮންބޭޒްއާ ހަވާލުކޮށްގެން މަރާމާތުކުރަން ފެށި މި ހައުންސިން ޔުނިޓްތައް ނިންމާލީ މިއަހަރު އޮކްޓޯބަރުމަހު އެވެ.

މާފަލު ހިޔާގައި އިމާރާތްކުރި 40 ރޯހައުސް މަރާމާތުކޮށް ހަވާލުކުރީވެސް މި ސަރުކާރުގައި އެވެ. ހޯމަ ދުވަހު ކުރިއަށްގެންދިޔައީ ވެލިގަނޑުގައި ހުރި 100 ހައުންސިން ޔުނިޓެވެ.

ރޯހައުސްތަކުގެ މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ ދައްކަން ޖެހެ އެވެ.

މި ހައުންސިންގ ޔުނިޓްތަކުގެ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއްވެސް ކައުންސިލުން އެދިގެން ތަރައްގީކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355