twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރާއްޖޭން ހިފެހެއްޓި ލަންކާ ބޯޓުތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިވޭ: އެމްއެންޑީއެފް

ނަބީލާ އިސްމާޢީލް
Dec 5, 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި ސިފައިން އަތުލައިގެން ސްރީލަންކާގެ މަސް ބޯޓުތަކުގައި ބާނާފައި ހުރި ގިނަ އަދަދެއްގެ މިޔަރު ހުރި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިޔަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފުން މަނާ ބާވަތެކެވެ.

ސްރީލަންކާގެ ތިން ބޯޓުގެ ތެރެއިން ދެ ބޯޓު އަތުލައިގަތީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. މިއީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައިވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

ސްރީލަންކާގެ ތިންވަނަ ބޯޓު އަތުލައިގަތީ މިމަހުގެ އެއްވަނަ ދުވަހު އެވެ. "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މި ބޯޓުގައި ހަތް ފަޅުވެރިން ތިބި ކަމަށް މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓުތައް ބަލައި ފާސްކުރިއިރު ގިނަ އަދަދަކަށް މިޔަރު ބާނާފައި ހުރި އިރު ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ބޯޓުތަކުގައި ހުރި ކަމަށެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް މި ބޯޓުތައް އަތުލައިގަނެވުނީ އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ޣާޒީ އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.

ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އާދިއްތަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާ އެހާއިރު ބޯޓްތައް ދޫނިދޫއާ ހަމައަށް ގެނެވޭނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355