twitterviber whatsapp telegramfacebookyoutube instagram
1st June 2023

އުރީދޫއިން 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި

Dec 10, 2022

ރާއްޖޭގެ އިތުރު 28 ސިއްހީ މަރުކަޒަކަށް އުރީދޫން ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.

އުރީދޫއިން ހެލްތް ކިޓް ހަދިޔާކުރީ ހއ އަތޮޅާއި ހދ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކަކާއި ބ ކުޑަރިކިޅި ސިއްހީ މަރުކަޒާއި ކ ތުލުސްދޫ ސިއްހީ މަރުކަޒުގެ އިތުރުން އދ މާމިނގިލީގެ ސިއްހީ މަރުކަޒަށެވެ.

އުރީދޫން ހަދިޔާކުރި ހެލްތު ކިޓްގެ ތެރޭގައި، ސިއްހީ މަރުކަޒަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ސްޓެތެސްކޯޕާއި، ޑިޖިޓަލް ސްފިގްމަމަނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރުގެ އިތުރުން ނެބިއުލައިޒަ މެޝިނެއް ހިމެނެ އެވެ.

ސިއްހީ މަރުކަޒުތަކަށް އުރީދޫން ދޭން ފެށި މި އެހީ އަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދޭން ފެށި އެހީއެކެވެ.

އެގޮތުން މި އަހަރު ކުރީކޮޅު ވެސް ރާއްޖޭގެ ބައެއް ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އައްޑޫގެ ސިއްހީ މަރުކަޒުތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355