twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރަޙިމުގެ ގުޅުން ކެނޑުމުގެ ނުރައްކާތެރިކަން

ހ.މ
Jan 6, 2023

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ މަޖިލީހެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަންހުގެ ހަދީސްފުޅުތައް ކިޔަވައިދެއްވަން ހުންނެވިއެވެ. އަދި ވިދާޅުވިއެވެ. "ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު މިތާނގައި ވާނަމަ އެމީހާ މިތަނުން ތެދުވެގެން ދާށެވެ." (ރިވާ ވެގެން ވާގޮތުގައި އަބޫހުރައިރާ ގެފާނު މިފަދައިން 3 ފަހަރު ތަކުރާރު ކުރެއްވިއެވެ.)

އެހިނދު އެ މަޖިލީހުން ޒުވާނަކު ތެދުވެގެން ހިނގައްޖެއެވެ. ސަބަބަކީ އެ ޒުވާނާ އޭނާގެ ބޮޑުދައިތައާ ގުޅުން ކަނޑާލާފައިވާތީއެވެ. އަދި އޭނާ އާއި އޭނާގެ ބޮޑުދައިތައާ ދެމެދު ހިނގި ކަންތަކުގައި ސުލްޙަކޮށްފިއެވެ. ބޮޑުދައިތަ ސުވާލު ކުރިއެވެ. "އޭ އަހަރެންގެ އަޚާގެ ދަރިއާއެވެ! މިހާ ދުވަސްފަހުން ކަލޭ އަހަރެންގެ ކައިރިއަށް ގެނައީ ކޮންކަމެއް ހެއްޔެވެ؟" އޭނާ ބުންޏެވެ. "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީ، އަބޫހުރައިރާގެ މަޖިލިހެއްގައި އަހަރެން ވީމެވެ. އަދި ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު އެތަނުގައި ވާނަމަ އެތަނުން ބޭރަށް ދިޔުމަށް އަބޫހުރައިރާ ބާރުއެޅުއްވުމުން އަހުރެން އައީއެވެ."

އެހިނދު ބޮޑުދައިތަ ބުންޏެވެ. "އަބޫހުރައިރާގެ އަރިހަށް ދާށެވެ! އަދި އެއީ ކީއްވެތޯ ސުވާލު ކުރާށެވެ!"

ދެން މި ޒުވާނާ އަބޫހުރައިރާގެ އަރިހަށް ގޮސް، އޭނައާއި އޭނަގެ ބޮޑުދައިތައާ ދެމެދު ކަން ހިނގިގޮތް ކިޔައިދިނެވެ. އަދި ސުވާލުކުރިއެވެ. "ކަލޭގެފާނުގެ އަރިހުގައި ރަޙިމުގެ ގުޅުން ކަނޑާލާފައިވާ މީހަކު ނުއިށީނުމަށް ވިދާޅުވީ ކީއްވެތޯއެވެ؟"

އެހިނދު އަބޫހުރައިރާ ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ.

[إِنَّ الرَّحْمَةَ لاَ تَنْزِلُ عَلَى قَوْمٍ فِيْهِمْ قَاطِعُ رَحِم]

މާނައީ: "ހަމަކަށަވަރުން ރަޙިމުގެ ގުޅުން ކަނޑާލާ މީހަކު އެބައެއްގެ ތެރޭގައިވާ ބައެއްގެ މައްޗަށް ﷲ ރަޙްމަތެއް ނުލައްވާނެއެވެ."

ރަޙިމުގެ ގުޅުން ކެނޑުމަކީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ. މި ކަމަކީ ތިމާގެ ރިޒްގު ކެނޑިގެންދާ ޢަމަލެކެވެ. އަދި ނިޢުމަތުގެ ގޮވެތި، ސުވަރުގެ ތިމާއަށް ނުލިބުމުގެ ހުރަހަކަށް ވެދާނޭވެސް ކަމެކެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގަ މާނާގައިވަނީ؛

"ރަޙިމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ."

އަދިވެސް އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛

"ފަހެ އެމީހެއްގެ ރިޒުގު ތަނަވަސްވުމަށާއި އަދި އުމުރު ދިގުވުމަށް އެދޭ މީހާ ފަހެ ރަޙިމުގެ ގުޅުން ގުޅުވާށެވެ."

ނޯޓް: ދިއިސްލާމް އެމްވީ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355