twitterviber whatsapp telegramfacebookyoutube instagram
18th April 2024

އުރީދޫ ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑު

ނަބީލާ އިސްމާޢީލް
Jan 14, 2023

ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑާއި ގޭމިން ކޯޑުތައް ގަނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލައި އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިން އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް، ކާރްތީ ސްޓޯރު މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.

އުރީދޫން ބުނީ ކާރްތީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް އަދި ޕްރީޕެއިޑް ކަސްޓަމަރުންގެ މޯބައިލް ބެލެންސްގައި ހުރި އަދަދަކުން ކާރްތީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އުރީދޫ މޮބައިލް މެދުވެރިކޮށް ކާރްތީ ސްޓޯއިން ކާޑް ގަތުމަށް:

1) ބޭނުންފުޅުވާ ގިފްޓް ކާޑް ޚިޔާރު ކުރައްވާ
2) ގައުމު ގެ ގޮތުގައި މޯލްޑިވްސް ޚިޔާރުކުރައްވާ
3) މޮބައިލ އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ޚިޔާރުކުރައްވާ
4) މޯބައިލް ނަންބަރު ޖެސެވުމަށްފަހު ޕަރޗޭސް އަށް ފިއްތާލައްވާ
5) ޕަރޗޭސް ފުރިހަމަ ކުރެއްވުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
6) ޕިން ނަންބަރު ޖައްސަވާ ކޮންފާރމް އަށް ފިއްތާލައްވާ
7) ޕިން ނަންބަރު ރަގަޅަށް ޖެއްސެވުމުން ބައްލަވައިގަތް ކާޑު "މައި ކާޑްސް" އިން ފެނިވަޑައި ގަންނަވާނެ

ކާރޓީ ސްޓޯރ އަށް ސައިންއަޕް ކުރެއްވުމަށް:

1) www.kartistore.com އަށް ޒިޔާރާތްކުރައްވާ
2) ރެޖިސްޓަރ ކުރެއްވުމަށް ސައިންއަޕް ލިންކަށް ފިއްތާލައްވާ
3) ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އީމެއިލް ގައިވާ ލިންކް އަށް ފިއްތަވާލައްވާ
4) އެކައުންޓް އެކްޓިވޭޓް ކުރެއްވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ

އިތުރު މައުލޫމާތް ހޯދުމަށް: http://ore.do/karti

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355