twitterviber whatsapp telegramfacebookyoutube instagram
6th February 2026

ރީޕްލޭ މެޗުން މޮޅުވެ ލިވަޕޫލް އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް

މުޙައްމަދު އަހުމަދު
Jan 18, 2023

އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ރޭ ކުޅެވުނު ރީޕްލޭ މެޗު ކާމިޔާބުކޮށް ލިވަޕޫލުން މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ވުލްވުސްގެ މައްޗަށް ކުރިހޯދީ 1 - 0 ގެ ހަނިތަފާތަކުންނެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ކުޅެ 2 - 2 ން ދެޓީމު އެއްވަރުވުމުން ރިޕްލޭ މެޗު ކުޅެން ޖެހުނުއިރު މިމެޗު ރަށުން ބޭރުގައި ކާމިޔާބުކޮށް ހަތަރުވަނަ ބުރަށް ދަތުރުކޮށްފައި މިވަނީ ލިވަޕޫލުންނެވެ.

ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައިނުވި ނަމަވެސް މެޗުގެ ކުރީކޮޅު ތިއާގޯގެ އެސިސްޓަކުން ޒުވާން މިޑްފީލްޑަރު އެލިއަޓް ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިވަޕޫލަށް ޖަހައިދީފަ އެވެ.

ހަތަރުވަނަ ބުރުގައި ލިވަޕޫލުން ނުކުންނަން ޖެހޭނީ މިމަހުގެ 29 ވަނަ ދުވަހު ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ. އެންމެފަހުން ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން އެޓީމު ވަނީ 3 - 0 ން ބްރައިޓަން އަތުން ބަލިވެފަ އެވެ.

ރޭ ކުޅެވުނު އެހެން ރީޕްލޭ މެޗުތަކަށް ބަލާލާއިރު ވެސްޓް ބްރޮމްއިން 4 - 0 ން ޗެސްޓާފީލްޑްގެ މައްޗަށް ކުރިހޯދިއިރު ވިގަން ވަނީ 2 - 1 ން ލޫޓަން ބަލިކޮށްފަ އެވެ. އަދި ބްރިސްޓަލް ސިޓީން 2 - 1 ން ސްވަންސީ ސިޓީ ބަލިކުރިއިރު ފޮރެސްޓް ގްރީން އަތުން ބާމިންހަމް މޮޅުވީ 2 - 1 ންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355