twitterviber whatsapp telegramfacebookyoutube instagram
15th July 2025

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Jan 19, 2023

އިންޑިއާއާއެކު ރާއްޖެއިން ތިން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި އިއްޔެ ދެ ގައުމުން ސޮއިކުރީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަކާއި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމުގެ އެއްބަސްވުމަކާއި ގައުމީ ޔުނިވާސިޓީ އާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ އެކު ހެދި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ.

ޑރ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައިވަނީ ހދ. ހަނިމާދޫގައި ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުން ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ، އިންޑިއާގެ ފަރާތުން ދިވެހި ގައުމީ ދިފާއީ ބާރަށް ސީ އެމްބިއުލާންސެއްވެސް ހަދިޔާކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމި އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355