twitterviber whatsapp telegramfacebookyoutube instagram
28th August 2025

ގްރީން ސްޕޯޓްސް އެކަޑަމީގެ ނަމުގައި އާ އެކަޑަމީއެއް، ފަށަނީ ހޭންޑްބޯޅައިން

މުޙައްމަދު އަހުމަދު
Jan 20, 2023

ކުޅުދުއްފުށި ސިޓީގައި އަލަށް އުފެއްދި ގްރީން ސްޕޯޓްސް އެކަޑަމީގެ ފަރާތުން ހޭންޑްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

ފެބްރުއަރީމަހު ފެށުމަށް ތައްޔާރުވާ މިއެކަޑަމީ ކުރިއަށްދާނީ ސިޓީގައި ތިބި އެންމެ މޮޅެތި ހޭންޑްބޯޅަ ކޯޗުންނާއެކު އެވެ. މިއެކަޑަމީ އަކީ އުމުރުން 6 އަހަރުން ފެށިގެން 19 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެކަޑަމީ އެކެވެ.

ރަޖިސްޓްރޭޝަން ފީ ހިލޭ އިންނަ މިއެކަޑަމީގެ މަހުފީގެ ގޮތުގައި ދައްކަން ޖެހެނީ 200 ރުފިޔާ އެވެ. އެކަޑަމީގައި ބައިވެރިވާން ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 25 ގެ ކުރިންނެވެ.

ކޯހުގައި ބައިވެރިވުމަށް ނަންނޯޓުކުރާ ފޯމް:

އެކަޑަމީއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 9921688، 9655665، 9975222 ނަމްބަރަށެވެ. ނުވަތަ ގްރީންސްޕޯޓްސް އެކަޑަމީ2023 އަށް މެއިލް ވެސް ކުރެވޭނެ އެވެ.

ކުޅުދުއްފުށީގައި ހޭންޑްބޯޅަ ތައާރަފުކުރެވިފައިވަނީ މަގުލަސް ކުލަބާއި ހޭންޑްބޯލް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގުރާމެއްގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ޑަބުލިއު ސްޕޯޓްސް އެކަޑަމީންވެސް ހޭންޑްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355