twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަފްގާނިސްތާނުގައި އާދަޔާ ހިލާފަށް ފިނި ގަދެވެ، މަރުވި މީހުންގެ އަދަދު 124 އަށް

Jan 25, 2023
1

އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައި ވާ ފިނިމޫސުމުގައި އާދަޔާ ހިލާފަށް ފިނި ގަދަވެ، ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި 124 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ތާލިބާނުންގެ އޮފިޝަލުން ބުނެފިއެވެ.

ވޭތުގެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފިނި ބާރުވި މި މޫސުމުގައި ނައަމްސޫފީގެ ތެރެއިން ވެސް 700،000 އެއްހާ ނައަމްސޫފި މަރުވެފައި ވާ ކަމަށް ކާބުލްގެ ޑިޒާސްޓާ މެނޭޖަމަންޓް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެއެވެ.

އެ ގައުމުގެ އެކްޓިން މިނިސްޓަރު އޮފް ޑިޒާސްޓާ މެނޭޖްމަންޓް މުހައްމަދު އައްބާސް އަޚުންދު ބީބީސީއަށް ވިދާޅުވީ، އަފްގާނިސްތާނުގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްނޯ ބޯވުމުގެ ސަބަބުން ފައިމަގުގައި އެ ސަރަހައްދުތަކަށް ވަދެވޭނެ ގޮތެއް މިހާރު ނެތިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް އަސްކަރީ ހެލިކޮޕްޓަރުތައް ފޮނުވާފައިވީ ނަމަވެސް ފަރުބަދަމަތީ ސަރަހައްދުތަކަށް ހެލިކަޕްޓަރުތަކަށް ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ފިނިހޫނުމިން މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް މި ދުވަސްތަކުގައި އިތުރަށް މީހުން މަރުވުމުގެ ކަންބޮޑުވުން އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް މަރުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ރަށްފުށު ހިސާބުތަކާއި ފަރުބަދަތަކުގެ މަތީގައި ދިރިއުޅޭ ފަރާތްތައް ކަމަށް ވާއިރު އެ ސަރަހައްދު ތަކަކީ ސިއްހީ ފަރުވާއެއް ވެސް ލިބެން ހުންނަ ސަރަހައްދު ތަކެއް ނޫނެވެ.

އަފްގާނިސްތާނުގައި މަސައްކަތް ކުރާ އެކި އެކި އެންޖީއޯތަކުގައި އަންހެނުން މަސައްކަތް ކުރުން ތޯލިބާން ސަރުކާރުން މަނާ ކޮށްފައި އޮތުމުން، މީހުން ސަލާމަތް ކުރުމާއި އެނޫންވެސް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވެސް މިހާރު އެގައުމުގައި މަސައްކަތެއް ނުކުރެއެވެ. މީގެ ކުރިން އެފަދަަ ޖަމާއަތްތަކުން ދިޔައީ ރަށްފުށުގެ އެކި ހިސާބުތަކާއި ދަތުރުފަތުރުގެ ދަތިކަން ހުންނަ ސަރަހައްދުތަކަށް ވެސް ގޮސް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355