twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަލްޓި ސްޕެސަލިޓީގެ ގިނަ ހިދުމަތްތަކާއެކު ވައިޓަލްކެއާއިން ކުޅުދުއްފުއްޓަށް ހިދުމަތްތައް ފުޅާކޮށްފި

ނަބީލާ އިސްމާޢީލް
Jan 26, 2023

ދަތުގެ ފަރުވާއަށް ހާއްސަކޮށް މިދިޔަ 2021 ވަނަ އަހަރު ޖެނުއަރީމަހު ވައިޓަލްކެއަރއިން ކުޅުދުއްފުށީގައި ހުޅުވި ކުލިނިކް މަދު ދުވަސްކޮޅެއްތެރޭ ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދާ، މަލްޓި ސްޕެސަލިޓީގެ ގިނަ ހިދުމަތްތަކާއެކު އެތަނުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށްފަ އެވެ.

ސިއްހީ ފަރުވާ ފުޅާދާއިރާއެއްގައި އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ވައިޓަލްކެއަރއިން މި ރަށުގައި އިތުރަށް ފެށި ހިތުމަތްތަކުގެ ތެރޭގައި ލެބޯޓަރީއާއި ފާމަސީގެ ހިދުމަތް، އީސީޖީ، އެމްބިއުލޭޓަރީ ބީޕީ، ހޮލްޓަރ މޮނިޓަރގެ އިތުރުން، ޕަލްމޮނޮރީ ފަންކްޝަން ޓެސްޓް ގެ ހިދުމަތް ހިމެނެއެވެ.

ލެބޯޓަރީގެ ހިދުމަތް ތަކުގެ ތެރޭގައި ކޮލެސްޓްރޯލް، ހަކުރުގެ ޓެސްޓްތަށް، ތައިރޮއިޑް، ކިޑްނީ، ޔޫރިން، ލިވަރ، ވިޓަމިންގ-ޑީ ގެ އިތުރުން ލޭގް ގިނަ ޓެސްޓްތަކެއް ހެދޭންއިރު ކައިރި މުސްތަގުބަލެއްގައި ސްކޭން އާއި އެކްސްރޭ ހިދުމަތް ފަށާނެ ކަމަށް އެ ކުލިނިކުން ވިދާޅުވި އެވެ.

ވައިޓަލްކެއާއިން ފުލްޓައިމްކޮށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ހާއްސަ އަދި އާންމުބަލިތަކާއި ބެހޭ ދިވެހި ޑޮކްޓަރުން ގެންދަނީ މިހާރުވެސް ބައްލަވަމުންނެވެ.

އެކުލިނިކުން ވިދާޅުވީ މީގެ އިތުރުން އެހެން ހާއްސަ ބަލިތަކާއި ބެހޭ ޑޮކްޓަރުން މާލެއާއި ރާއްޖެއިން ބޭރުން ޒިޔާރަތް ކުރާނެ ކަމަށެވެ.

މިހާރުވެސް 02 ޑެންޓަލް ޗެއަރއާއި އެކު ހިދުމަތް ދެމުންގެންދާ ޑެންޓަލް ސާވިސްއަކީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތެއް ކަމަށާއި މާލެއެކޭ އެއް ފެންވަރެއްގައި ހިދުމަތް ދެމުންގެންދާ ޑެންޓަލް ޑިޕާޓްމަންޓްގައި ތަޖުރިބާކާރު ރާއްޖެއިންބޭރުގެ 02 ޑޮކްޓަރުން މިހާރު ހިދުމަތް ދެމުން ގެންދާ ކަމަށެވެ.

ޑެންޓަލް ޑިޕާޓްމަންޓްއިން ލޭޒާ ޓްރީޓްމަންޓާއި ދަތުގައި ނަރުގަނޑުއެޅުވުމާއި ދަތް ޖެހުމުގެ އިތުރުން ދަތުގެ ދޯރި ލެއްވުމާއި ދަތް ސާފު ކުރުމާއި ދަތް ހުދުކުރުން، ދަތުގެ އިމްޕްލާންޓް، ފުޓުނި އެޅުން އަދި ދަތް އުފުރުމުގެ ހިދުމަތްތަށް މިހާރުވެސް ލިބޭނެ ކަމަށެވެ.

އާސަންދައިގެ އިތުރުން ގިނަ އިންސުރެންސް ކަވަރޭޖް ލިބޭ މި ކްލިނިކުން އެލައިޑް އިންސުރެންސް، ސޮލަރެލްސް އިންސުރެންސް، އަމާނަތަކާފުލް އިންސުރެންސް، އެމްއެންޑީއެފް އަދި ޕޮލިސް އިންސުރެންސް ލިބޭނެ އެވެ.

ވައިޓަލްކެއައިން ވިދާޅުވީ ކްލިނިކުގެ އަމަޒަކީ ކައިރި ރަށްތަކުން އަންނަ ބަލިމީހުންނަށް ވަގުތު ސަލާމަތް ވުމާއިއެކު އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަދި ދިރާގު ކައިރީގަހުންނަ އެ ކްލިނިކުގެ ހޮޓްލައިން ނަމްބަރު 6527315 އަށް ގުޅައިގެން ނުވަތަ 7427315 އަށް ވައިބާ ކޮށްގެން އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.

ވައިޓަލްކެއާއަކީ ޒަމާނުއްސުރެ ސިއްހީ ހިދުމަތް ހޯދުމުގައި ބަލިމީހުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމުގެ މަގްސަދުގައި ހުޅުވި ކްލިނިކެއްކަމަށާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ފަސޭހައިން ހެޔޮ އަގުގައި ފޯރުކޮށްދިނު ކަމަށެވެ.

ވައިޓަލް ކެއާގައި މުއައްޒަފުންގެ މަސައްކަތާއި ތަނުގެ އިންތިޒާމްތައް ބައްޓަން ކޮށްފައި ވަނީ ހިދުމަތް ހޯދުމަށް އަންނަ މީހުންނަށް އެންމެ ފުރިހަމަ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށެވެ. ވައިޓަލްކެއާގެ ބްރޭންޑް ފިލޯސަފީ އަކީ ފަރުވާތެރިކަމާއި އަޅާލުމާ އެކު ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355