twitterviber whatsapp telegramfacebookyoutube instagram
7th February 2026

ސިޓީއަށް މިހާރުވެސް ހުކުމް އިއްވައިފިކަމަށް ގާޑިއޯލާ ބުނެފި

މުޙައްމަދު އަހުމަދު
Feb 10, 2023

މެންޗެސްޓަރ ސިޓީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް މިހާރުވެސް ހުކުމް އިއްވާފައިވާކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ހޯމަދުވަހު ޕްރިމިއާ ލީގުން ވަނީ ސިޓީގެ މައްޗަށް މާލީ ގަވައިދުތަކާ ހިލާފުވި ކަމަށް ބުނެ 100 އަށް ވުރެ ގިނަ ތުހުމަތުތައް ކޮށްފަ އެވެ.

2020 ވަނަ އަހަރު ޔޫއެފާގެ އެފްއެފްޕީގެ ގަވައިދާ ހިލާފުވެގެން ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް އިއްވި 2 އަހަރު ދުވަހުގެ ހުކުމް ސީއޭއެސްއިން އުވާލި އެވެ.

"ކުލަބުން ވަނީ ކުލަބުގެ އެއްވެސް ކުށެއް ނެތްކަން ސާބިތުކޮށްދީފަ. ހޯމަދުވަހު ވެސް ކަން ހިނގައިދިޔައީ ކުރިން ޔޫއެފާއާއެކު ވެސް ކަން ހިނގި ގޮތަށް. އަހަރެމެންނަށް މާކުރިން ހުކުމް އިއްވައިފި." ގާޑިއޯލާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޕްރިމިއާ ލީގުގެ 19 ޓީމުން ވެސް ސިޓީގެ ބޮލުގައި ތުހުމަތު އަޅުވަނީ ދިފާއުވާނެ ފުރުސަތެއް ވެސް ނުދީކަމަށެވެ. އަދި ނަސީބަކީ މިގައުމަކީ (އިނގިރޭސި ވިލާތް) ކުށް ސާބިތުވަންދެން ވެސް އެންމެންނަކީ ވެސް ކުށެއް ނެތް ބައެއްގެ ގޮތުގައި އޮންނަ އޮތުން ކަމަށެވެ.

"އެހެން ނަމަވެސް އަހަރެމެންނަށް މިފުރުސަތު ނުލިބޭ. އަހަރެމެންނަށް އަނެއްހެން ބުނާނަމަ މިއޮތީ ހުކުމްކޮށްފަ. އެކަމަކު އަހަރެންނަށް ޔަގީން ކުލަބްގެ ކުށެއް ނެތްކަން ސާބިތުވާނެކަން." ގާޑިއޯލާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355