twitterviber whatsapp telegramfacebookyoutube instagram
12th May 2026

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖެއްގެ އަތް ބިނދިއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 14, 2023
4

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ ކުއްޖެއްގެ އަތް ބިންދައިގެންގޮސްފި އެވެ. އިއްޔެ މެންދުރު މި އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ.

އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 13 އަހަރުގެ ކުއްޖާއާ އެ ކުއްޖާ އިން ސައިކަލު ދުއްވަން އިން އަންހެން މީހާ އެވެ. ކޭއާރުއެޗުގެ މީޑީއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ފަރުވާދިނުމަށްފަހު މިއަދު ހެނދުނު ދޫކޮށްލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ ސައިކަލު ފަހަތުގައި އިން 13 އަހަރުގެ އަންހެން ކުއްޖައަށެވެ. އެ ކުއްޖާގެ ވާއަތުގެ ކޮނޑާއި އުޅަބޮއްޓާ ދޭތެރެ ވަނީ ބިނދިފަ އެވެ.

މެންދުރު 12:45 ހާއިރު ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ ހދ އަތޮޅު ކައުންސިލްގެ އިދާރާއާ ދިމާ އަމީނީމަގުގައެވެ. ފަހަކަށް އައިސް މިފަދަ އެކްސިޑެންޓްތައް ކުޅުދުއްފުށީގައި އަންނަނީ އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355