twitterviber whatsapp telegramfacebookyoutube instagram
12th May 2026

ބާރު ސްޕީޑުގައި ދުއްވި ޕިކަޕެއް ކޮންޓްރޯލްނުވެ އެއާޕޯޓް ފެންސުގައި ޖެހިއްޖެ

Apr 20, 2025
1

ކުޅުދުއްފުށީގައި ބާރު ސްޕީޑްގައި ދުއްވި ޕިކަޕެއް ކޮންޓްރޯލު ނައްޓައި އެއާޕޯޓް ފެންސުގައި ޖެހި އެކްސިޑެންޓްވެއްޖެ އެވެ.

ހޮނިހިރުދުވަހު 23:41 ހާއިރު ހިނގި މި އެކްސިޑެންޓްވީ ކުޅި ކައިރިން ލަބާލައި ކަންމަތީގަ އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު ޕިކަޕަށާއި ފެންސުގެ 75 ފޫޓް ވަނީ އަރިއަޅާލާފަކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްވިއިރު ޕިކަޕް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާގެ އަތުގައި ޕިކަޕް ދުއްވުމުގެ ލައިސަންސް ނޯނާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޕިކަޕް ޓޯކޮށް މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.

މިއަހަރުގެ ޖެނުއަރީމަހުވެސް އެއާޕޯޓް ފެންސުގައި ޕިކަޕެއް ޖެހި އެކްސިޑެންޓްވި އެވެ. އެ ޕިކަޕް ދުއްވަން އިނީ ކުޑަކުއްޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355